އޭޑީކޭ ހޮސްޕިޓަލުގެ އެމްޕްލޯއީ އޮފް ދަ އިޔާގެ މަގާމު އާސްތާނާ އަށް

ޕްރެކްޓިސިން ނާސް މެނޭޖަރު ފާތިމަތު އާސްތާނާ

ޕްރެކްޓިސިން ނާސް މެނޭޖަރު ފާތިމަތު އާސްތާނާ

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓު ހޮސްޕިޓަލު، އޭޑީކޭގެ މި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް، ޕްރެކްޓިސިން ނާސް މެނޭޖަރު ފާތިމަތު އާސްތާނާ ހޮވިއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަން ފެށި ފަހުން ވޭތުވެދިޔަ އަހަރުތަކުގައި އެކި ދާއިރާތަކުން ރަން ވަނަތަކާއި މަގާމުތައް ހޯދާފައިވާ އާސްތާނާ، މި އަހަރުގެ ސްޓާފް އޮފް ދަ އިޔާގެ މަގާމު ހޯދުމުން، އިނާމެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ފަސް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމައިފަ އެވެ.

ރޭ ބޭއްވި އެވޯޑް ހަފްލާގައި ހައި ޕާފޯމާސް، އެކްސެލެންޓް ޕާފޯމާސް، ސިލްވާ ޕާފޯމާސް، ގޯލްޑް ޕާފޯމާސް އަދި 100 ޕަސަންޓް އެޓެންޑެންސް ހޯދި މުވައްޒަފުންގެ އަގުވަޒަން ކުރި އެވެ.

ސިލްވާ ޕާފޯމަރުންނަށް ހޮވުނު މުވައްޒަފުންނަށް 7،500ރ. ފައިސާގެ އިނާމެއް، އަދި ގޯލްޑް ޕާފޯމަރުންނަށް ހޮވުނު މުވައްޒަފުންނަށް 10،000ރ. އިނާމެއްގެ ގޮތުގައި ދީފައިވެ އެވެ.

ސިލްވާ ޕާފޯމާސް:

  • ފާތިމަތު އަމްނާ އަބްދުﷲ
  • ނިޝާ ކުމާރު
  • ސީމާ މުހައްމަދު
  • އަލީ ހުސެއިން
  • ތަސާރަތަން ކާންނިއާ

ގޯލްޑް ޕާފޯމާސް:

  • ޑރ. ދުސޫމާ އަބްދުލް ރައްޒާގް
  • ހަސަން މުހައްމަދު ޝައިހް ދާއޫދު
  • އައިޝަތު މާޔާ
  • ޑރ. ޕަޝައްނާ އަޗަރްވާ
  • ޑރ. ނުޒްހާ މުހައްމަދު

މީގެ އިތުރުން އޭޑީކޭގައި 15 އަހަރު ހިދުމަތްކުރި 35 މުވައްޒަފުންނާއި، 20 އަހަރު ހިދުމަތްކުރި 11 މުވައްޒަފުންނާއި 25 އަހަރު ހިދުމަތްކުރި ތިން މުވައްޒަފުންގެ އިތުރުން 30 އަހަރު ހިދުމަތްކުރި ތިން މުވައްޒަފެއްގެ އަގުވަޒަން ކުރި އެވެ.

އެވޯޑް ހަފްލާގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލުގެ މުވައްޒަފުން ބަލިމީހުންނަށް ދޭ ހިދުމަތާއި ކުރާ ބުރަ މަސައްކަތް ބަލައިގަންނަ ކަމަށާއި ރެޔާއި ދުވާލު ހަމަ ނިދި ނަގާލާފައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ތިބޭ ކަމަށެވެ.

އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ވާދަވެރި އެވޯޑަކަށް ވެފައިވާކަން ފާހަގަކުރައްވާ އައްފާލް ވިދާޅުވީ ވާދަވެރިކަން ބޮޑުވުމުން މިފަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާ ހޮވުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"މި އެވޯޑަށް މުވައްޒަފުން ހޮވުމަށް އޮންނަ ޕްރޮސެސް ފުރިހަމަ ކުރުމަށް އަހަރެއް އެބަ ނަގާ. އެގޮތަށް އެކަން ކުރަނީ އެވޯޑަށް ހޮވާ މުވައްޒަފުންނަކީ ހައްގު މުވައްޒަފުންކަން ކަށަވަރު ކުރުމަށް. އެބަތިބި ވަރަށް ބުރަ މަސައްކަތް ކުރާ މުވައްޒަފުން ރެޔާއި ދުވާލު ރަނގަޅަށް ހަމަ ނިދިވެސް ނުނިދާ،" އައްފާލް ވިދާޅުވި އެވެ.

އެވޯޑު ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އެވެ. އެ ހަފްލާގައި އޭޑީކޭ ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox