ހުޅުމާލޭ ފޭސް 2 ގައި ފުލުސް ވެހިކަލެއް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި ޒުވާނާއަށް ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރޭ ދަންވަރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 18 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯ އާއި ވީޑިއޯތަކުން އެނގޭ ގޮތުގައި ފުލުސް ކާރުން ސައިކަލުގައި ޖެހުމުން ސައިކަލަށް އަދި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ.
އެ އެކްސިޑެންޓާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.













