މިލާނަށް މަލްޑިނީ ނެތްތަން ފޫބެއްދިފައިނެތް

Dec 27, 2024, 8:32 AM
މިލާނަށް މަލްޑިނީ ނެތްތަން ފޫބެއްދިފައިނެތް

މިލާން (ޑިސެމްބަރު 27) - އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން މިދިޔަ އަހަރު ވަކިވި އެ ޓީމުގެ ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ނެތްތަން އެ ކްލަބަށް ފޫބެއްދިފައިނުވާ ކަމަށް މިލާންގެ ކުރީގެ ކޯޗު ބްރެޒިލްގެ ލިއޮނާޑޯ އަރައުހޯ ބުނެފި އެވެ.

މިލާނުގެ ސްޕޯޓިން ޑިރެކްޓަރަކަށް 2018 ވަނަ އަހަރު ހަމަޖެއްސި މަލްޑިނީ އެއް އަހަރު ފަހުން ޓެކްނިކަލް ޑިރެކްޓަރަކަށް ޕްރޮމޯޓްކުރި އެވެ.

މަލްޑިނީ، 55، މިދިޔަ އަހަރު ޖޫން މަހު އެ މަގާމު ދޫކޮށްލީ އެ ކްލަބް ހިންގަން ހަވާލުވެހުރި އެމެރިކާގެ ވިޔަފާރިވެރިން އެކަށީގެންވާ ވަރަށް ހަރަދުކުރަން ދެކޮޅު ހަދާތީ އާއި ކްލަބް ހިންގަން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުންނެވެ. އެ ގޮތުން މިލާން ހިންގަން، މީގެ އެއް އަހަރު ކުރިން، ހަވާލުވި އެމެރިކާގެ ރެޑްބާޑް ކެޕިޓަލް ޕާޓްނާސްގެ އެއް ވެރިޔާ، ގެރީ ކާޑިނޭލް، މިލާނުގެ ޓްރާންސްފާ ޕޮލިސީ އާއި އާ ކުޅުންތެރިން ހޯދަން ކުރާ ކަންކަމުގައި ނުފޫޒު ފޯރުވާން އުޅޭތީ، މަލްޑިނީ ހިތްހަމަނުޖެހޭ ކަމަށް މީޑިއާގައި އަޑުފެތުރިފައިވެ އެވެ. މަލްޑިނީ ކޮށްދިން ހިދުމަތުގެ އަގު މިލާނުން ވަނީ ވަޒަންކޮށްފަ އެވެ.

މިލާނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް 2008 ވަނަ އަހަރު ހަމަޖެއްސި ލިއޮނާޑޯ ވަނީ އޭގެ އެއް އަހަރު ފަހުން، އެއް ސީޒަނުގައި އެ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. އިންޓަ މިލާނަށް ވެސް ފަހުން ކޯޗުކޮށްދިން ލިއޮނާޑޯ ބުނީ، މިލާނުގެ ލެގަސީ ދަމަހައްޓައި އެ ކްލަބް އަލުން ކޮޅަށް ޖަހަން މަލްޑިނީ ކުރި މަސައްކަތަށް ފަހު، އޭނާ އެ ކްލަބުން ދިއުމުން އެ މަގާމު އަދި ފޫބެއްދިފައިނުވާ ކަމަށެވެ.

"މިލާނުގެ ލެެޖެންޑަރީ ކެޕްޓަނެއް އެއީ. ފަހުން މެނޭޖްމަންޓަށް އައިސް ފަސް އަހަރު އެ ކުރި މަސައްކަތުން މުޅި މިލާންގެ ކަންކަން ބަދަލުވި، އަހަންނަށް 25 އަހަރު ވަންދެން ދެކެފަރިތަ މޫނެއް ޕައޮލޯ (މަލްޑިނީ) އަކީ، އެ ވަރުގެ މީހެއް މެނޭޖްމަންޓުން ދިއުމުން، އެ މަގާމު ފޫބައްދަން މިލާނަށް އަދި އެކަށޭނެ މަސައްކަތް ނުކުރެވޭ،" ލިއޮނާޑޯ ބުންޏެވެ.

މަލްޑިނީ މިލާނުގެ މެނޭޖްމަންޓުގެ ތެރެއަށް ގެނައުމުގައި ވެސް ލިއޮނާޑޯގެ ހިއްސާ އެބައޮތެވެ. އެއީ، މިލާނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް 2018 އިން 2019 އަށް ލިއޮނާޑޯ މަސައްކަތްކުރުމުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox