ގެދޮރުވެރިޔާ ސްކީމުގެ މައްސަލާގައި ދައުވާ ކުރުމާ މެދު އޭސީސީން ޕީޖީ އޮފީހާއެކު މަޝްވަރާ ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް --- ފޮޓޯ: އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް --- ފޮޓޯ: އަދަދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަނާއި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލާގައި ބަޔަކަށް ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާތައް ފަށައިފި އެވެ.

އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މަޝްވަރާ ކުރެވެނީ ފުލެޓު ދޫކުރި މައްސަލާގައި ހިމެނޭ ފަރާތްތަކާމެދު ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް މި ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

"އާންމު މަސްލަހަތު ބޮޑު މި މައްސަލާގެ ޑިއުޓީ ޕްރޮސެކިއުޝަން ނިންމާ ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް މި ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވިން،" އޭސީސީގެ ކުރު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4،000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

ތަހުގީގަށް އަހަރެއް ވީއިރު ވެސް މި މައްސަލާގައި ތުހުމަތުކުރަނީ ކޮން ބަޔަކަށް ކަމެއް އޭސީސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ތަހުގީގަށް ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް އިސްވެރިންނާ ސުވާލުކޮށް އެ މީހުން ސާމާނު އަތުލާފައިވެ އެވެ.

އެގޮތުން މި އަހަރު ޖޫން މަހު އޭސީސީން ވަނީ ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެއަށް ވެސް ވަދެ އެވެ. އަދި އޭނާގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އޭސީސީން އަތުލާފައިވާ ކަން ވެސް އެނގިފައިވެ އެވެ.

ބެލެވޭ ގޮތުގައި މި މައްސަލާގައި ދައުވާ ކުރަނީ ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންގެ މައްޗަށެވެ. ފުލެޓަށް ޝަރުތު ހަމަކުރުމަށް އަސްލު ނޫން ލިޔުން ހުށަހެޅި މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. ވަކިވަކިން އެ މީހުންނާ ދެކޮޅަށް ދައުވާ ކުރާނެކަން އަދި ސާފެއް ނޫނެވެ.

މި ތަހުގީގު ހިނގަނިކޮށް، ފެންމަތިވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިޔާނާތުގެ މައްސަލަތަކާއެކު ފުލެޓު މަޝްރޫއުގެ އިތުރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އެމްޑީޕީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމާއި ގުޅިގެން ޖިނާއި ތަހުގީގެއް ހިންގުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގާފަ އެވެ.

އެ އެންގުމަށްފަހު، އޭސީސީން އެދިގެން ކުރިން ބުނި ހައުސިން މިނިސްޓްރީގެ ކުރީގެ ވެރިންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

މި ފުލެޓުތަކުގެ ލިސްޓު ރީ-އިވެލުއޭޓުކޮށް އަލުން އިއުލާނުކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެކި ތާރީހުތައް ދިނުމަށްފަހު އެކަން ކުރުން މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

އެ މަސައްކަތުގެ ތެރެއިން ފުލެޓު ލިސްޓަށް ބަދަލު ގެނެސް ރިޝްވަތު ނެގި މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެ މައްސަލަތައް އޭސީސީން ބަލާ ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox