އެންޑީއޭއިން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ޒިންމާތަކެއް ހަވާލުކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ: އެ އެޖެންސީން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ޒިންމާތަކެއް ވަނީ ހަވާލު ކޮށްފައި -- ފޮޓޯ؛ އަދަދު

ނެޝަނަލް ޑްރަގް އެޖެންސީ: އެ އެޖެންސީން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ޒިންމާތަކެއް ވަނީ ހަވާލު ކޮށްފައި -- ފޮޓޯ؛ އަދަދު

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އެކުލަވާލާފައިވާ 11 މެންބަރުންގެ ޓެކްނިކަލް ކޮމިޓީން، އެ އެޖެންސީގެ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ މިއަދު ހަވާލުކޮށްފި އެވެ.

އެންޑީއޭއިން ބުނީ އޮކްޓޯބަރު 30، ގައި އުފެއްދި ޓެކްނިކަލް ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ސަބް ކޮމިޓީއެއް އުފެއްދުމަށް މަޝްވަރާކޮށް، ސަބް ކޮމިޓީއެއް އުފައްދަން ނިންމާފައިވާ ކަމަށެވެ.

އެ ސަބް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

Advertisement

އެންޑީއޭގެ ޓެކްނިކަލް ކޮމިޓީއަށް އައްޔަނުކުރި މެންބަރުން:

  • އަބްދުﷲ ފަސީހް - ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް (ޗެއާޕާސަން).
  • ޝަމާ ނަސީރް - ކައުންސިލަރު (ވައިސް ޗެއާޕާސަން).
  • މަރިޔަމް އަސްރާ - ޑިރެކްޓަރު.
  • އައިޝަތު ޝިއުނާ - އެސިސްޓެންޓް ޑިރެކްޓަރު.
  • އަލީ ރިޔާޒު - އެސިސްޓެންޓް ޑިރެކްޓަރު.
  • ފާތިމަތު ސާނިހާ ސޯލިހު - އެސިސްޓެންޓް ޑިރެކްޓަރު.
  • އަހުމަދު ހިލްމީ - ލީގަލް އޮފިސަރު.
  • ހައްވާ އަގުލާ އަހްމަދު - ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު.
  • މަރިޔަމް އާދަމް - ޕްރޮގްރާމް އޮފިސަރު.
  • އަހްމަދު ފިރާގް - އެސިސްޓެންޓް ކައުންސިލަރު.
  • އާމިނަތު ރިޔާޒާ - އެސިސްޓެންޓް ކައުންސިލަރު.

އެންޑީއޭގެ ބޯޑު ޖޫން 24، ގައި ޗެއާމަނަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވަނީ އައްޔަންކޮށްފަ އެވެ. އޭނާއާއެކު ބޯޑުގައި ޖުމްލަ ހިމެނެނީ 10 މެންބަރުންނެވެ.

އެންޑީއޭގެ އާ ބޯޑު އެކުލަވާލުމަށްފަހު އެ ބޯޑު މެންބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ބޯޑު މެންބަރުންނަށް ޓާސްކުތައް ބަހާފަ އެވެ. އަދި މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރު ކުރުމަށް ވެސް ބޯޑުން އޭރު ނިންމި އެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ފަސް ފަރުވާ ދޭން ފެށިކަން އެންޑީއޭއިން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox