އެންސްޕާގެ މައްސަލައެއް އަޅުގަނޑާ ހިސާބަށް ނާދޭ: ރައީސް މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު: އެންސްޕާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އަޅުގަނޑާ ހިސާބަށް ނާންނަ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ޑރ. މުހައްމަދު މުއިއްޒު: އެންސްޕާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އަޅުގަނޑާ ހިސާބަށް ނާންނަ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް އިމާރާތް ބަދަލު ކުރަން އަގުބޮޑުކޮށް އޮފީސް އިމާރާތެއް ކުއްޔަށް ހިފި މައްސަލަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގެ ހިޔާނާތުގެ މައްސަލަތައް ގޯހުން ގޯހަށް ދިޔުމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަންޖެހޭ ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނު ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެންސްޕާގެ މައްސަލަ ލިބިފައި ނެތް ކަމަށެވެ.

ސަރުކާރާ އެއްކީލި ބައެއް މީޑިއާތަކަށް ދައުވަތު ދީގެން ރައީސް އޮފީސް ކައިރިއަށް މިއަދު މެންދުރު ފަހު ގެންދިޔަ އެވެ. އެ މަނިކުފާނު އޮފީސް ނިންމެވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވާކަން އެނގިގެން އަދަދު ނޫހުން އެ ސަރަހައްދަށް ގޮސް ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ އެއްވެސް ތަނެއްގައި ކޮރަޕްޝަންގެ ކަމެއް ހިނގާނަމަ އެކަން ބަލަން ޖެހޭނެ ކަމަށާއި ގަވާއިދާ ހިލާފަށް .ބަޔަކު ކަމެއް ކުރާނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑާ ހަމައަށް އެކަމުގެ [އެންސްޕާގެ] އެއްވެސް މައުލޫމާތެއް އަދި ނާދޭ އެނގޭތޯ. އަޅުގަނޑާ ހަމައަށް ލިބިއްޖެއްޔާ އަޅުގަނޑު ހަމަ ކަމާބެހޭ ފަރާތްތަކަށް ދެންމެގަ ވެސް މިދެންނެވި ފަދައިން ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

އެންސްޕާއަށް ރައްދުވާ ކޮރަޕްޝަނުގެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން އޮތް އެމްއެމްޓީވީ ހިންގަން އެ އެޖެންސީއަށް އޮފީހެއް ބޮޑު އަގުގައި ކުއްޔަށް ދިން މައްސަލަ އެވެ.

އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމަކީ މަހަކަށް 580،000ރ. ގެ ރޭޓުން ކުލި ދައްކާ ގޮތަށް، ޖުމްލަ 34.8 މިލިއަން ރުފިޔާގައި އަގުކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ކަންކަން ސޯޝަލްމީޑިއާއަށް ތިލަވެ އާންމުންނާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގުކުރަން ފަށައި އެންސްޕާއިން ލިޔުންތަކެއް ވެސް ގެންދިޔަ އެވެ. ނަމަވެސް އޭގެ ފަހުން މައްސަލާގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރު ޕްރޮމޯޓުކުރުމަށް އުފައްދާ ހިންގަމުން އަންނަ އެމްއެމްޓީވީ އާއި ރައީސް މުއިއްޒުއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެމްއެމްޓީވީ ހިންގުމުގައި ސަރުކާރުގެ އިސްވެރިންނާއި މުވައްޒަފުން ހަރަކާތްތެރިވެ ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެމްޓީވީގެ މައި ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ، ރައީސް މުއިއްޒުގެ އަމިއްލަގެ މ. ދިމްޔާތު ބަލަހައްޓަން ހުންނަ، އެ މަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ހއ، ވަށަފަރު އަބްދުﷲ ޒާހިރު އެވެ. އޭނާއަކީ މީގެ ކުރިން މީޑިއާގައި އުޅުއްވި އަދި އެ ދާއިރާގެ ވިޔަފާރިއެއް ވެސް ކުރެއްވި ބޭފުޅެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox