ފައިސަލް މެދުވެރިވެގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއްގެ އަތުން މެންބަރު ޔާސީނަށް 100،000ރ. ދިން މައްސަލައެއް

މިނިސްޓަރު ފައިސަލް އާއި މެންބަރު ޔާސީން

މިނިސްޓަރު ފައިސަލް އާއި މެންބަރު ޔާސީން

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މެދުވެރިވެގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔަކު، ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އަށް 100،000ރ. ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައުލޫމާތު އެނގޭ އިތުބާރު ކުރެވޭ މަސްދަރަކުން އަދަދު ނޫހަށް ބުނީ މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކާނި ހޮޓަލްގެ މައި ކުންފުނި، އަސްނާ އިންވެސްޓުމެންޓު ޕްރައިވެޓު ލިމިޓެޑުން، މެންބަރުން ޔާސީންގެ ބީއެމްއެލް އެކައުންޓަށް 100،000ރ. ޖަމާކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 28 ގައި ކަމަށެވެ.

އެ މުއާމަލާތުގެ ބޭންކް ޓްރާންސްފާ ސްލިޕް އަދި ޔާސީން އާއި ފައިސަލްއާ ވަޓްސްއެޕްއިން ދައްކާފައިވާ ވާހަކަތަކުގެ ޗެޓްލޮގުތަކެއް ވެސް އަދަދު ނޫހަށް ލިބިފައިވެ އެވެ.

އެ ޗެޓްލޮގުތަކުން އެނގޭ ގޮތުގައި ޔާސީން ފައިސާ ހޯދީ ދަރަންޏެއް އަދާކުރާށެވެ.

"...ވަރަށް ހާލުުގައި ހުއްޓައި ތިޔަކޮށް ދެެއްވާ ކަންތައް އުމުރަށް ވެސް ހަނދާން ހުންނާނެ،" ކަމަށް ޔާސީން ވިދާޅުވެފައިވެ އެވެ.

ފައިސާގެ މި މުއާމަލާތާ ގުޅިގެން މެންބަރު ޔާސީންއަށް 'އަދަދު' ނޫހުން ސުވާލު ކުރުމުން ފުރަތަމަ ވިދާޅުވީ ދެ ދުވަސް ފަހުން ގުޅުމަށެވެ. އިތުރަށް ސުވާލުކުރުމުން ރޭންޖްގެ މައްސަލަ އުޅޭތީ ފޯނުން ދައްކާ ވާހަކަ ސާފު ނުވާކަމަށް ހަދައި ފޯނު ކަނޑާލީ އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ އޭނާ މެދުވެރި ވެގެން މެންބަރު ޔާސީން އަށް ފައިސާ ފޮނުވާފައި ނުވާނެ ކަމަށެވެ.

ނަމަވެސް އަސްނާ މޯލްޑިވްސްގެ ބޭންކް ޓްރާންސްފާ ސްލިޕް ޔާސީން އަށް ފޮނުވާފައި ވަނީ ފައިސަލެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެހީއަކަށް އެދުމުން ޓޫރިޒަމްގެ ވިޔަފާރިކުރާ ވިޔަފާރިވެރިޔަކު މެދުވެރިކޮށްގެން އެ ފައިސާ ހަމަޖެއްސެވިއިރު، އެކަމުގެ މުގާބިލުގައި ވިޔަފާރިވެރިޔާއަށް ލިބެނީ ކޮން މަންފާއެއްކަމެއް މި މުއާމަލާތާ ގުޅިގެން ހުރި ލިޔުންތަކުން އެނގޭކަށް ނެތެވެ.

ޓޫރިޒަމް މިނިސްޓަރު އަމިއްލަ ވިޔަފާރިވެރިއެއްގެ އަތުން މެންބަރަކަށް ފައިސާ ދެއްވާފައި ވާއިރު، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ މުވައްޒަފަކު އޭނާގެ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް މީހަކަށް ނުހައްގު މަންފާއެއް ހޯދުމަކީ ނުވަތަ ހޯދައި ދިނުމަކީ ކުށެއް ކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox