ވައްކަން ހާމަވުމާއެކު ވިނަރެސްއާ ގުޅޭ ލިޔެކިޔުންތައް އެޗްޑީސީގެ ވެބްސައިޓުން ޑިލީޓުކުރަނީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް : ވިނަރެސް ވައްކަން ހާމަވުމާއެކު އެކަމާ ގުޅޭ ލިޔެކިޔުންތައް އެޗްޑީސީގެ ވެބްސައިޓުން ވަނީ ޑިލީޓުކޮށްފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް : ވިނަރެސް ވައްކަން ހާމަވުމާއެކު އެކަމާ ގުޅޭ ލިޔެކިޔުންތައް އެޗްޑީސީގެ ވެބްސައިޓުން ވަނީ ޑިލީޓުކޮށްފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކާ ގުޅޭ ވައްކަމާއި ހިޔާނާތުގެ މައްސަލައެއް ފެންމަތިވުމާއެކު އެ މަޝްރޫއާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި އާންމުކުރި ލިޔެކިޔުންތަކެއް ޑިލީޓުކުރަން ފަށައިފި އެވެ.

ވިނަރެސް ފްލެޓުތަކުން ނުވިކި ހުރި 100 އަށް ވުރެ ގިނަ ފްލެޓު، އާންމުކޮށް ހުޅުވާ ނުލައި، ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި، ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވިއްކާލާފައިވާކަން ހާމަވީ ރޭގަ އެވެ.

އެއާއެކު ވިނަރެސް ފުލެޓުތަކާ ގުޅޭގޮތުން އާންމުކުރި ތިން ލިޔުމެއް މިހާތަނަށް ވަނީ އެޗްޑީސީގެ ވެބްސައިޓު ޑިލީޓުކޮށްފަ އެވެ. ނަމަވެސް އެ ލިންކުތަކާއެކު ކުރި ސޯޝަލް މީޑިއާ ޕޯސްޓުތައް އަދިވެސް އެބަހުއްޓެވެ.

Advertisement

ޑިލީޓުކޮށްފައިވަނީ

  • ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖާ ކޮށްފައިވާ ލިސްޓު. (އެކްސް ޕޯސްޓު ލިންކު)
  • ވިނަރެސް މަޝްރޫއުއިން ފުލެޓު ގަތުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޔުނިޓް އިޙްތިޔާރުކުރުމުގެ މަރުޙަލާ ނުނިމޭ ފަރާތްތަކާއި ގުޅޭގޮތުން ކުރި އިއުލާނު. (އެކްސް ޕޯސްޓު ލިންކު)
  • ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު. (އެކްސް ޕޯސްޓު ލިންކު)

މި ލިސްޓުތަކާއި އިއުލާނުތަކަކީ މީގެކުރިން އެޗްޑީސީގެ ސައިޓުގައި އާންމުކޮށް، ޑައުންލޯޑުވެސް ކުރެވޭ ގޮތަށް ހުރި ލިޔުންތަކަކެވެ. އެ ވެބްސައިޓުގައި ހުރި އެހެން ލިޔެކިޔުންތަކަށް އަދިވެސް އެކްސެސް ވެވެ އެވެ.

ވިރަނެސް މަޝްރޫއުގައި ހިމެނޭ 13 ބުރީގެ 10 ޓަވަރުގައި ޖުމުލަ 1،344 ފްލެޓު ހިމެނެ އެވެ. އާންމުކޮށް ހުޅުވާލައިގެން ވިއްކި ވިނަރެސްގެ ފްލެޓުތަކުގެ އިތުރުން އެތަނުން ގުޅިފަޅު މަޝްރޫއުގެ ފްލެޓް ގަތް 140 ފަރާތަކާއި، ސީލައިފް މަޝްރޫއުގެ ފްލެޓުގައި 123 މީހަކަށް އަދި ހިޔާ ފްލެޓް ދޫކޮށްލި 78 ފަރާތަކަށް ވެސް ވިނަރެސް އިން ވަނީ ފްލެޓް ދިނެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓާއި މިހާރުގެ މެނޭޖުމެންޓުން ބުނެފައިވާ ގޮތުން، ހުރިހާ ކެޓަގަރީއެއްގެ ދަށުން ފްލެޓުތައް ދޫކޮށް ނިންމިއިރު، ބާކީ 123 ފްލެޓެއް ހުއްޓެވެ. އެހެންވެ، އެ ފްލެޓުތައް ވިއްކަން ނޮވެމްބަރު 5، 2023، ގައި ހުޅުވައިލި އެވެ.

އެ ފަހަރު ފްލެޓު ގަންނަން ހުށަހަޅަން ޖެހުނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެ ދުވަހު ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ގިނަ ބަޔަކަށް ފޯމު ހުށަނޭޅި ޝަކުވާ ބޮޑުވި އެވެ.

އެހެންވެ، ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެޗްޑީސީން އޭރު ވަނީ ވިނަރެސް ފްލެޓުތައް ވިއްކުން މަޑުޖައްސާލައިފަ އެވެ. އެއަށް ފަހު މިހާރުގެ މެނޭޖުމެންޓުން އެ ފޯމްތައް މިއަހަރުގެ އޭޕްރީލް މަހު ބާތިލްކުރި އެވެ. އެއަށް ފަހު އަޑިއަޑިން އެ ފްލެޓުތައް ވިއްކުމުގެ މަސައްކަތް ފެށި ކަމަށް ތުހުމަތުކުރެވެ އެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުންނާއި އެޗްޑީސީގެ އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުން ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި އެފަދަ ފަރާތްތަކާ ގުޅުން އޮތް މީހުންނަށް ވިނަރެސްއިން ފްލެޓު ވިއްކި އެވެ. ބައެއް ފްލެޓުތައް ވިއްކީ ކަޓުގެ ގޮތުގައި އެތައް ލައްކަ ރުފިޔާއެއް ނަގައިގެންކަން ބައެއް ބައެއް މީހުން މި ނޫހަށް ކިޔައި ދީފައިވެ އެވެ.

އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް މި ހަފުތާގެ ތެރޭ ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.

މީގެތެރެއިން ބިންވެރިޔާ ގޯތިތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ. ފަޒުލް ހިމޭނެހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ. މީގެ ތެރޭގައި އެޗްޑީސީގެ ބޯޑު މެންބަރުންނާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ކުރީ ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox