ރެޝްފޯޑަށް މި ވަގުތު އޮފާތައް ހުރީ ސައުދީ ލީގުން

Dec 21, 2024, 5:32 AM
ރެޝްފޯޑަށް މި ވަގުތު އޮފާތައް ހުރީ ސައުދީ ލީގުން

މެންޗެސްޓާ (ޑިސެމްބަރު 21) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ތިން ކްލަބަކުން އޮފާއެއް ތައްޔާރުކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗާއި ލީގު ކަޕް ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ރެޝްފޯޑް ނުހިމެނެ އެވެ. ސިޓީ މެޗުގެ ސްކޮޑުން ރެޝްފޯޑަށް ޖާގަ ނުލިބުނުއިރު، އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ރެޝްފޯޑް ވަނީ ޔުނައިޓެޑް ދޫކޮށްލުމަކީ އޭނާގެ ވިސްނުން ކަމަށް ބުނެފަ އެވެ. އޭގެ ފަހުން، ޓޮޓެންހަމް މެޗުގެ ސްކޮޑުން ރެޝްފޯޑަށް ޖާގަ ނުލިބުނުއިރު،، އެ މެޗުގައި ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ވަނީ ރެޝްފޯޑަށް އަމާޒުކޮށް ބެނާއެއް ދަނޑުގައި ދަމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީ އަރަބިއްޔާގެ ތިން ކްލަބަކުން ރެޝްފޯޑް، 27، އަށް ކޮންޓްރެކްޓް ހުށަހަޅަން ތައްޔާރުވާއިރު، އޭނާގެ ވިސްނުމަކީ، ޔޫރަޕްގެ ވަރުގަދަ ލީގަކަށް ކުޅުމެވެ. އެ ގޮތުން، އިނގިރޭސި މީޑިއާގެ ބައެއް ރިޕޯޓްތަކުގައިވާ ގޮތުން، ރެޝްފޯޑް، ޔުނައިޓެޑް ދޫކޮށްލާނަމަ އިހުތިޔާރުކުރަނީ ސްޕެއިނުގެ ކްލަބަކާ ގުޅުމަށެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކުޅެ، ރެޝްފޯޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސީނިއާ ޓީމުގައި މި ހޭދަވީ އަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް 426 މެޗުން 138 ގޯލު ޖަހައިފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ރެޝްފޯޑް ދޫކޮށްލުމާ މެދު ޔުނައިޓެޑުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގެ ތެރޭގައި، ރެޝްފޯޑް ގަންނަން 40-60 މިލިއަން ޑޮލަރުގެ ބިޑެއް ލިބިއްޖެނަމަ، އޭނާ ވިއްކާލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެެވެ.

ޔުނައިޓެޑްގެ މެޗު ސްކޮޑަށް ރެޝްފޯޑް ނޭރުމާ ބެހޭގޮތުން، ނޫސްވެރިން ކުރާ ސުވާލުތަކަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ދެނީ އެއް ޖަވާބުތަކެކެވެ. އެއީ، ޓްރެއިނިންގައި ކުރާ މަސައްކަތާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ޓީމު މޮޅުވާން އެހީތެރިވެވޭނެ ހުރިހާ ކުޅުންތެރިއަކު ސްކޮޑުގައި ހިމެނޭނެ ކަމަށާއި ފުރުސަތު ނުލިބޭ ކުޅުންތެރިން ޖެހޭނީ ރަނގަޅަށް މަސައްކަތް ކުރަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox