ބޮޑު ތަރުހީބަކާ އެކު އުރީދޫ ފަން ރަން ބާއްވައިފި

އުރީދޫ ފަން ރަން 2024 ގެ ތެރެއިން: ދުވުމުގައި 5،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުރީދޫ ފަން ރަން 2024 ގެ ތެރެއިން: ދުވުމުގައި 5،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ބޮޑު ތަރުހީބަކާ އެކު އުރީދޫ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި އުރީދޫ ފަން ރަން ހުޅުމާލޭގައި ބާއްވައިފި އެވެ.

ފަން ރަންގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެ ދުވުން ޝަރަފުވެރި ކޮށްދެއްވީ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އުރީދޫގެ އިސްވެރިންނެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ހުސެއިން ނިޔާޒް "އަދަދު" އަށް ވިދާޅުވީ މިފަހަރުގެ ދުވުން އޮތް ގަޑީގައި ވާރޭ ވެހުނު ނަމަވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔުމަކީ ލިބުނު އުފަލެއް ކަމަށެވެ.

އުރީދޫ ފަން ރަން 2024 ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު
އުރީދޫ ފަން ރަން 2024 ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުރީދޫ ފަން ރަން 2024 ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ފަސް ކިލޯ މީޓަރު ހިމެނޭ އެ ދުވުމުގެ ކޮންމެ ކިލޯ މީޓަރެއް ނިންމާލުމަށްފަހު، މަޖާ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި ދުވުން ނިންމާލުމަށްފަހު ފޯމް ޕާޓީ އާއި ކުލަ ޖެހުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

މީގެއިތުރުން ފަން ރަންގެ ދުވުން ނިންމި މީހުންނަށް ހާއްސަ މެޑަލްއެއް އުރީދޫއިން ދިނެވެ.

ފަން ރަންއަށް ފަހު އެ ދުވުމަށް އަމާޒުކޮށް އުރީދޫއިން ފަންރަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ގޯޕްލޭ އެޕް ޑައުންލޯޑުކޮށް، ސައިންއަޕްކުރާ ކަސްޓަމަރުންގެ މެދުގައި ގުުރު ނަގައި ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބޭ ދެ ނަސީބުވެރިން ހޮވި އެވެ.

އުރީދޫ ފަން ރަން 2024 ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު
އުރީދޫ ފަން ރަން 2024 ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އުރީދޫ ފަން ރަން 2024 ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

އަދި ފަން ރަންގައި ރަޖިސްޓްރީވި މީހުންގެ ތެރެއިން ނެގި ގުރުއަތުލުމުން ފުޓްރެސްޓުގެ ފަރާތުން ދޭ ޕެކޭޖު ލިބޭ ދެ ނަސީބުވެރިން ވެސް ހޮވި އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox