ކޮންފަރެންސްް ލީގުގައި ޗެލްސީ އަށް ހުއްޓުމެއް ނެތް

Dec 20, 2024, 5:50 AM
ކޮންފަރެންސްް ލީގުގައި ޗެލްސީ އަށް ހުއްޓުމެއް ނެތް

ލަންޑަން (ޑިސެމްބަރު 20) - ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ކްލަބް ޗެލްސީން ކުޅުނު ހަ ވަނަ މެޗުގައި އަޔަލެންޑްގެ ކްލަބް ޝަމްރޮކް ރޯވާސް އަތުން 5-1 އިން މޮޅުވެއްޖެ އެވެ.

ޗެލްސީ އަކީ މި ފަހަރުގެ މުބާާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުން މޮޅުވި ހަަމައެކަނި ޓީމެވެ. އެ ޓީމު މި ވަގުތު ކޮންފަރެންސް ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ޗެލްސީ ވަނީ ގަދަ އަށް ޓީމަށް ގަދަ 16 އިން ލިބޭ ސީދާ ޖާގައެއް ވެސް ކަށަވަރުކޮށްފަ އެވެ.

ދެ ވަނައިގައި އޮތް، ޕޯޗުގީސް ކްލަބް، ވިޓޯރިއާ ގީމަރޭސް އަށް ވަނީ، ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ ތަރިއަކީ ބާސެލޯނާ ދޫކޮށް މި ފަހަރު ޗެލްސީއާ ގުޅުނު، 18 އަހަރުގެ ފޯވާޑް، މާކް ގުއިއޫ އެވެ. އޭނާ ވަނީ ފުރަތަަމަ ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ. މި މުބާރާތުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ފުރުސަތު ދެމުން އަންނަ ގުއިއޫ ވަނީ ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މުބާރާތުގައި ހަ ގޯލު ޖަހާފައިވެ އެެވެ.

ގުއިއޫގެ ފުރަތަމަ ގޯލުން ޗެލްސީން ލީޑުނެގި ނަމަވެސް، އަޔަލެންޑްގެ ކްލަބް ޝަމްރޮކުން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ، މާކަސް ޕޫމް ޖެހި ގޯލުންނެވެ.

އޭގެ ފަހުން، ގުއިއޫ އަލުން ޗެލްސީ އަށް ލީޑުނަގައިދިންއިރު، ކިއެރަން ޑިއުސްބަރީ ހޯލް ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ގުއިއޫ، ހެޓްރިކް ފުރިހަމަ ކުރީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ޗެލްސީގެ ފަހު ގޯލު ދެ ވަނަ ހާފުގައި ޖެހީ، މާކް ކުކުރޭލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox