ބައެެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވެރިންނަށް ނުއަގުގައި ހުޅުމާލޭން ބިންތަކެއް ވިއްކައިފި

ހުޅުމާލެ

ހުޅުމާލެ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ބައެެއް މެންބަރުންނާއި މި ސަރުކާރުގެ ބައެއް ވެރިންނަށް ހުޅުމާލޭން ބިމުގެ މާކެޓު ރޭޓަށް ވުރެ މާ ބޮޑަށް ވެސް އަގުހެޔޮކޮށް ބިންތަކެއް ވިއްކައިފި އެވެ.

އިއުލާނު ކުރުމެއް ނެތި ވިއްކާލި މި ބިންތަކުގެ މައްސަލަ ފެންމަތިވީ ބިންވެރިޔާ ސްކީމުގެ ނަމުގައި ވަގަށް ގޯތިތަކެއް ވިއްކި މައްސަލަ ފަޅާ އަރާފައި ވަނިކޮށެވެ.

ސަރުކާރުގެ ވެރިންނަށް ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން ބިންތަކެއް ވިއްކާފައި ވަނީ އަކަފޫޓެއް 3000ރ. ރޭޓުން ކަމަށް، މި ނޫހަށް މައުލޫމާތު ދިން، އިތުބާރު ކުރެވޭ އޮފިޝަލަކު ބުންޏެވެ. ހުޅުމާލޭ ބީޗް ފްރޮންޓުން އަކަފޫޓެއް 9000ރ. ރޭޓުން ގަތުމަށް ކުރިން ހުށަހަޅާފައިވެ އެވެ.

ބައެއް މަސްދަރުތަކުން ބުނީ މި ބިންތައް ވިއްކާފައި ވަނީ ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށެވެ. މި އުސޫލުން ކުރިން ވެސް ބިންތަކެއް ވިއްކި އެވެ.

ނަމަވެސް މިއީ ކުރިން އެޗްޑީސީން އަމަލުކޮށްފައި އޮތް ގޮތެއް ނޫނެވެ.

ހާއްސަ ރޭޓެއްގައި 10 ވަރަކަށް ބިން ވިއްކާފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބަހެއް ނުލިބުނެވެ.

ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ގޮތުގައި ހަދައި، ވިއްކި ގޯތިތަކުގެ މައްސަލައ އިއްޔެ ފަޅައިއެރުމުން، ފުލުހުންނާއި އޭސީސީން ވަނީ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ. އަދި އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ އެންމެން އަދި ކުންފުނީގެ ބައެއް އިސްވެރިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox