ޓްރީޓޮޕް ހޮސްޕިޓަލުން "ހޯމް ކެއާ" ފިޒިއޮތެރަޕީގެ ދެ ޕެކޭޖެއް ތައާރަފުކޮށްފި

ޓްރީޓޮޕުން ފިޒިއޯތެރަޕީގެ ހިދުމަތް ދެނީ: އެ ހޮސްޕިޓަލުން "ހޯމް ކެއާ" ފިޒިއޮތެރަޕީގެ ދެ ޕެކޭޖެއް ވަނީ ތައާރަފް ކޮށްފައި -- ފޮޓޯ؛ އަދަދު

ޓްރީޓޮޕުން ފިޒިއޯތެރަޕީގެ ހިދުމަތް ދެނީ: އެ ހޮސްޕިޓަލުން "ހޯމް ކެއާ" ފިޒިއޮތެރަޕީގެ ދެ ޕެކޭޖެއް ވަނީ ތައާރަފް ކޮށްފައި -- ފޮޓޯ؛ އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ގޭގައި ތިބެގެން ފިޒިއޮތެރަޕީ ފަރުވާ ލިބޭގޮތަށް ހާއްސަ ކޮށްފައިވާ "ހޯމް ކެއާ" ފިޒިއޮތެރަޕީގެ އާ ދެ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

ޓްރީޓޮޕުން ބުނީ އާ ޕެކޭޖުތަކުގެ މަގްސަދަކީ ފަރުވާހޯދާ ފަރާތްތަކަށް ހަރަކާތްތެރިކަން އިތުރުކޮށް، ތަދު ލުއިކޮށްދީ، އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނެ ފިޒިއޮތެރަޕީ ފަރުވާ ފަސޭހައިން ލިބުން ކަމަށެވެ.

ޕެއިން މެނޭޖްކުރުމުގެ ޕެކޭޖް ނުވަތަ ތަދު ލުއިކުރާ ފަރުވާ

ޕެއިން މެނޭޖްކުރުމުގެ ޕެކޭޖު ހާއްސަކޮށްފައި ވަނީ ދިގު މުއްދަތަކަށް ނުވަތަ ކުއްލިއަކަށް ވާ ތަދުތަކަށް ލުޔެއް ހޯދަން ބޭނުންވާ ފަރާތްތަކަށެވެ. ޕެކޭޖުގައި ހިމެނެނީ:

• ބަލިމީހާގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ އަސާސީ ތެރަޕިއުޓިކް އެކްސަސައިޒް ނުވަތަ ކަސްރަތު ފަރުވާ.

• ތަދު ލުއިކޮށްދިނުމަށް ހާއްސަ ކޮށްފައިވާ އިލެކްޓްރޯ ތެރަޕީ ފަރުވާތައް.

• ތަދު ލުޔިކުރުމަށް ބޭނުންކުރާ ޓެކްނިކްތަކާބެހޭ އިރުޝާދު.

އެ ޕެކޭޖަކީ ތަދު ލުއިކުރުމަށް އެކި އާލާތްތަކާއި މާހިރުންގެ އިރުޝާދާއިއެކު ދެވޭ ފުރިހަމަ، ވަށައިޖެހޭ ފަރުވާލިބޭ ޕެކޭޖެއް ކަމަށް ޓްރީޓޮޕުން ބުންޏެވެ.

ފަންކްޝަނަލް އިމްޕްރޫވްމަންޓް ޕެކޭޖު

ފަންކްޝަނަލް އިމްޕްރޫވްމަންޓް ޕެކޭޖަކީ ހަރަކާތްތެރިކަން އިތުރުކޮށް، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ފަސޭހައިން ކުރުމަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. އެ ޕެކޭޖުގައި ހިމެނެނީ:

• ހަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން ދެވޭ ހާއްސަ ތެރަޕިއުޓިކް ފަރުވާ.

• ހަރަކާތްތެރިކަން ރަނގަޅުކުރުމަށް ބޭނުންވާ އިރުޝާދު، އޭގެ ސަބަބުން ބަލިމީހުންނަށް އަމިއްލައަށް ކަސްރަތު ފަރުވާ ހޯދޭނެ.

• އިތުރަށް ނެގިދާނެ ފަރުވާ ނުވަތަ އެޑްއޮން ފަރުވާތަކުގެ ތެރޭގައި، އިންޓަފްރެންޝަލް ތެރަޕީ އަދި އަލްޓްރާސައުންޑް ތެރަޕީ ހިމެނޭ. އޭގެ ސަބަބުން ފަރުވާހޯދާ ފަރާތްތަކަށް އެންމެ ފުރިހަމަ ފިޒިއޮތެރަޕީ ފަރުވާ ލިބިގެންދާނެ،

އެ ޕެކޭޖަކީ އެކިކަހަލަ އިންޖަރީ ނުވަތަ އަނިޔާލިބި، ރަނގަޅުވަމުންދާ މީހުންނަށާއި، އަދި ހަށިގަނޑުގެ ހަރަކާތްތެރިކަމާއި ގާބިލުކަން އިތުރުކުރަން ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޕެކޭޖެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.

އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީޓޮޕްގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ޓްރީޓޮޕާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3351630 ނަންބަރަށް ގުޅައިގެން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox