ފަޒުލް ދެއްކީ ދޮގު ވާހަކަ ކަން މިނިސްޓްރީގެ ސިޓީއިން ހާމަވޭ!

އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: ފަޒުލް ދެއްކި ވާހަކަ އާއި ހައުސިން މިނިސްޓްރީގެ ސިޓީއާ ދިމާ ނުވާކަން ވަނީ ފާހަގަވެފައި -- ފޮޓޯ؛ ރައީސް އޮފީސް

އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: ފަޒުލް ދެއްކި ވާހަކަ އާއި ހައުސިން މިނިސްޓްރީގެ ސިޓީއާ ދިމާ ނުވާކަން ވަނީ ފާހަގަވެފައި -- ފޮޓޯ؛ ރައީސް އޮފީސް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ދިން މައްސަލައިގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދެއްކި ވާހަކަ އާއި ހައުސިން މިނިސްޓްރީގެ ސިޓީގައި އޮތް މައުލޫމާތާ ދިމާ ނުވާކަން ހާމަވެއްޖެ އެވެ.

އެޗްޑީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމުގެ ޕްރޮސެސް ފަށާފައިވާނީ މިނިސްޓްރީއިން މައުލޫމާތު ހޯދުމަށްފަހުގައި ކަމަށެވެ.

"އެ ދެ ޕްލޮޓްގެ މައުލޫމާތު އަޅުގަނޑުމެން ހައުސިން މިނިސްޓްރީ މެދުވެރިކޮށް ވެރިފައި ކޮށްފައި އަޅުގަނޑުމެން މި ޕްރޮސެސް އިނީޝިއޭޓް ކުރީ. އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި މިނިސްޓްރީ އޮފް ހައުސިންއިން ނާންގާ ފަރާތަކަށް އަޅުގަނޑުމެން މިތަނުން ބިމެއް ހަވާލު ކޮށްފައެއް ނުވާނެ. އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން،" މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވި އެވެ.

މައްސަލަ ޖެހުނު ގޯއްޗަކާ ގުޅިގެން ހައުސިންގ މިނިސްޓްރީއިން އެޗްޑީސީއަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް ވަނީ 'އަދަދު' ނޫހަށް ލިބިފަ އެވެ. އެޗްޑީސީއިން ހަވާލާދީފައިވާ ގޯއްޗަކީ ބިންވެރިޔާ ސްކީމުގެ ދަށުން އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާ ގޯއްޗެއްކަމަށް އެ ސިޓީގައި ވަރަށް ސާފުކޮށް ބުނެފައި އެބަ އޮތެވެ.

"ތިޔަ ކޯޕަރޭޝަނުގެ ސިޓީގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ މި ސްކީމްއިން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން މި ސްކީމްގެ ޑޭޓާބޭސްއިން ދައްކައެވެ. އަދި މަތީގައި ހަވާލާދެވުނު ސިޓީތަކުގައި ބަޔާންކޮށްފައިވާ 20821 އާއި 20768 ނަންބަރު ގޯތިތަކަކީ މި މިނިސްޓްރީއިން މިހާތަނަށް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ދެ ގޯތި ކަމުގައިވެސް ދެންނެވީމެވެ." ހައުސިންގ މިނިސްޓްރީއިން ފޮނުވި ސިޓީގައި ވެއެވެ. މި ސިޓީ އެ މިނިސްޓްރީއިން ފޮނުވީ އޮގަސްޓް 15، 2024 ގަ އެވެ.

އެހެންކަމުން، މި ގޯތީގެ އިންފާރު ރޭނުމަށް ހުއްދަ ދިންއިރު، މިއީ އެއްވެސް ފަރާތަކަށް ދީފައިވާ ބިންތަކެއް ނޫންކަން އެޗްޑީސީއަށް ވަނީ އެންގިފަ އެވެ.

ވަގަށް ގޯތިތަކެއް ދިން މައްސަލައިގައި ޖަވާބުދާރީވާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ. އަދި ވިދާޅުވީ ބިންތައް ހަވާލުކުރުމުގެ އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ހަދައި ދިނުމަކީ ހައުސިން މިނިސްޓްރީން ކުރާ ކަމެއް ކަމަށާއި އެކަމުގައި އެޗްޑީސީގެ ދައުރެއް ނޯންނާނެ ކަމަށެވެ.

ފަޒުލް ވިދާޅުވި ގޮތުން ނަމަ މިކަން ސަމާލުކަމަަށް އައީ ވެސް އެ ކުންފުނިން މިކަމުގައި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރީމަ އެވެ. އެއީ އެހެން ބަޔެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް ގޯތިތަކެއްގައި ވަށާފާރު ރާނަން ހުއްދައަށް އެދި އެ ކުންފުންޏަށް އެދި ހުށަހެޅުމުން އެކަން ސާފުކުރަން ހައުސިންގައި އެދުމުންނެވެ.

ފަޒުލް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތެރޭގައި އޭނާގެ ބޭބެ ހިމެނުމަކީ އިއްތިފާގެކެވެ. އަދި "އަމިއްލަ ލޭ ހިނގިޔަސް" ކަން ކުރާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ފަޒުލް އިތުރަށް ވިދާޅުވީ، ހައުސިންއިން ނާންގާ އެއްވެސް މީހަކަށް އެޗްޑީސީން ގޯތި ދީފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް ގޯތި ދިން މައްސަލަ ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox