ރެޝްފޯޑް ބޭނުމީ ޔުނައިޓެޑް ދޫކޮށްލާނަމަ "ރީތިގޮތުގައި" އެކަން ކުރަން

Dec 18, 2024, 6:57 AM
ރެޝްފޯޑް ބޭނުމީ ޔުނައިޓެޑް ދޫކޮށްލާނަމަ "ރީތިގޮތުގައި" އެކަން ކުރަން

މެންޗެސްޓާ (ޑިސެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނަމަ އެކަން ކުރާނީ ރީތި ގޮތުގައި ކަމަށާއި މިއީ ކެރިއަރުގައި އާ ޗެލެންޖެއް ނަގަން ބޭނުންވާ ވަގުތެއް ކަމަށް ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ފަހަތުން އަރައި ސިޓީ ދަނޑުގައި އެ ޓީމު އަތުން 2-1 އިން މޮޅުވި މެޗަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ނެގި ސްކޮޑުން ރެޝްފޯޑާއި އަލެހަންދްރޯ ގާނާޗޯ އަށް ފުރުސަތެއް ނުލިބުނެވެ. އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި އަމޮރިމް ބުނީ، އޭނާ ބޭނުންވާ ކަންކަން ޓްރެއިނިން އާއި މަސައްކަތުގެ ރޭޓުން ނުފެންނަ ކުޅުންތެރިންނަށް ފުރުސަތު ދޭން އުނދަގޫވާނެ ކަމަށެވެ.

ސިޓީ މެޗަށް ފަހު، ޔުނައިޓެޑްގެ ލެޖެންޑް، ޑޭވިޑް ބެކަމް، ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޔުނައިޓެޑް އަލުން އާރާސްތު ކުރުމުގެ މަސައްކަތް ރަނގަޅަށް ފަށަން ޖެހޭ ކަމަށާއި ބޮޑު މޮޅެއް މި ހޯދި ޔުނައިޓެޑްގެ ޖޯޒީގައި ކުޅެން އެ ކްލަބަށް ޓަކައި މަސައްކަތްކުރަން ބޭނުންވާ ކުޅުންތެރިންނާ އެކު ކަމަށެވެ. މިއީ، ރެޝްފޯޑާއި ގާނާޗޯ އަށް ރައްދުކޮށް ބެކަމް ބުނި އެއްޗެއް ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި އެވެ.

އެއާ އެކު، މިހާރު އޮތް ހާލަތާ ގުޅޭގޮތުން ރެޝްފޯޑް ވަނީ އިންޓަވިއުއެއް ދީފަ އެވެ.

އުމުރުން ހަތް އަހަރުން ފެށިގެން ޔުނައިޓެޑަށް ކުޅެމުން އަންނަ ރެޝްފޯޑް، 27، ބުނީ މިހާރު ކަންކަން ގޮސްފައި އޮތް ހިސާބަށް ބަލާއިރު އިތުރަށް ކަމެއް ގޯސްވާ ޒާތުގެ އެއްވެސް ކަމެއް ކުރަން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ޔުނައިޓެޑް ދޫކޮށް ކުޅުންތެރިން ގޮސްފައި ހުރި ގޮތް ފެންނަން އެބަހުރި ކަމަށާއި އޭނާ އެދެނީ ވީ އެންމެ ރަނގަޅަށް ކަންތައްތައް ކުރުމަށް ކަމަށް ރެޝްފޯޑް ވަނީ ބުނެފަ އެވެ.

"އަހަރެން (ޔުނައިޓެޑް ދޫކޮށް) ދާއިރު ހުރިހާ ކަމެއް އަންނާނީ އަހަރެންގެ ފަރާތުން، އެއްވެސް ބަރު ހިތެއް ނޯންނާނެ. މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ނެގެޓިވް ވާހަކައެއް ވެސް ދައްކަން ނެތް. ދެން، މީގަ އަހަރެން އަމިއްލަ އަށް ދެކޭ ގޮތެއް ހިއްސާކުރާނަމަ، މިއީ އާ ޗެލެންޖެއް ނަގައި އާ މިސްރާބަކަށް ދާންވީ ވަގުތު،" ރެޝްފޯޑް ބުންޏެވެ.

މި ވަގުތު ފޯކަސް ހުރީ ޔުނައިޓެޑުން ދެން އެންމެ އަަަަވަހަށް ކުޅޭ މެޗުގެ ސްކޮޑަށް އަރަން މަސައްކަތް ކުރުން ކަމަށް ރެޝްފޯޑް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކުޅެ، ރެޝްފޯޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސީނިއާ ޓީމުގައި މި ހޭދަވީ އަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް 426 މެޗުން 138 ގޯލު ޖަހައިފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ރެޝްފޯޑް ދޫކޮށްލުމާ މެދު ޔުނައިޓެޑުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގެ ތެރޭގައި، ރެޝްފޯޑް ގަންނަން 40-60 މިލިއަން ޑޮލަރުގެ ބިޑެއް ލިބިއްޖެނަމަ، އޭނާ ވިއްކާލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox