ބެޑްމިންޓަން އެސޯސިއޭޝަން އިން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާ ދެކޮޅަށް ހައި ކޯޓަށް

Dec 17, 2024, 12:49 PM
ބެޑްމިންޓަން އެސޯސިއޭޝަން އިން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާ ދެކޮޅަށް ހައި ކޯޓަށް

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުމާ ދެކޮޅަށް ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވިއިރު، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މިއީ ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލައެއްގައި، މި އަހަރު ތެރޭގައި، ދައުލަތުގެ ނިންމުމަކާ ދެކޮޅަށް ކޯޓަށް ދިޔަ ތިން ވަނަ ފަހަރެވެ.

މީގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް، މޫސާ ނާޝިދު (މޫސަ) ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގޮސްފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އޭރުގެ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ބޭނުންވި ގޮތަށް ނިންމުންތައް ނާދެ އެވެ.

އޭގެ ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން އޮގަސްޓް 15 ވަނަ ދުވަހު، ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލްގެ ދަށަށް ގެންނަން ނިންމި ނިންމުމާ ދެކޮޅަށް އެ މަހުގެ 29 ވަނަ ދުވަހު، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ބީއޭއެމް އިން އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުން ތަންފީޒުކޮށްފިނަމަ، ދުނިޔޭގެ މައި ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ އަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައިވާ ކަމެވެ. އަދި ކޮމިޝަނަރުގެ އެ އެންގުން ބާތިލްކުރުމުގެ އަމުރަކަށް އެދި، ބެޑްމިންޓަން އެސޯސިއޭޝަަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

ސިވިލް ކޯޓުން ނިންމާފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަނުން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކީ، ވަގުތީ ހުށަހެޅުން ހުށަހެޅުމުގެ ހައިސިއްޔަތު ބެޑްމިންޓަން އެސޯސިއޭޝަންގެ މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަށް ލިބިގެން ނުވާތީ، ވަގުތީ އަމުރެއް ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތުމެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ސިވިލް ކޯޓުގެ އެ ނިންމުމާ ދެކޮޅަށް ހައި ކޯޓުގައި އެޕީލްކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަގެ ތިން ވަނަ ދައުރުގެ ރަސްމީ މުއްދަތު ހަަމަވިތާ ހަތަރު މަސް ފަހުން އޭނާ ޖުލައި މަހު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މޫސަ އާއި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މި އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، އެންމެ ފަހުން އޮތް އެ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ނައިބު ރައީސް، ޝާކިރު އެވެ. އަދި ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ޒެމްބިއާ އާއި ބޮޓްސްވާނާގައި ކުރިއަށްދިޔަ މުބާރާތްތަކުގައި ހޯދި ކާމިޔާބަށް ފަހު، ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެ ކާމިޔާބީ ހޯދި ގައުމީ ކުޅުންތެރިންނާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން، ބެޑްމިންޓަން އެސޯސިއޭޝަނުން މި ވަނީ، މީގެ ތިން މަހެއްހާ ދުވަސް ކުރިން ސިވިލް ކޯޓުން ނިންމާފައި އޮތް ނިންމުމަމާ ދެކޮޅަށް ހައި ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު މައްސަލަ ހުށަހަޅައިފަ އެވެ. މައްސަލަ ހައި ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމި ކަމުގެ މައުލޫމާތު ލިބިފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox