ބަންގްލަދޭޝް އިންތިހާބު 2025 ގެ ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު ބާއްވަނީ

މުހައްމަދު ޔޫނުސް: ބަންގްލަދޭޝް އިންތިހާބު 2025 ގެ ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު ބާއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ގެޓީ

މުހައްމަދު ޔޫނުސް: ބަންގްލަދޭޝް އިންތިހާބު 2025 ގެ ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު ބާއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ގެޓީ

ބަންގްލަދޭޝްގެ އިންތިހާބު 2025 ގެ ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު ބާއްވާނެ ކަމަށް އެ ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ 53 ވަނަ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ގައުމީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ޔޫނުސް ވިދާޅުވީ އިންތިހާބުގެ ކުރިން އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އިންތިހާބު ބާއްވާ ތާރީހެއް ކަނޑައަޅާނީ އިސްލާހީ މަސައްކަތްތައް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އެއްބަސްވެވޭ ތާރީހެއްގައ ކަމަށް ޔޫނުސް ވިދާޅުވި އެވެ.

Advertisement

"ސިޔާސީ ޕާޓީތަކުން އެއްބަސްވާނަމަ އިސްލާހީ މަސައްކަތުގެ ކުޑަ މިންވަރެއް ފުރިހަމަ ކުރުމަށްފަހު ވެސް އިންތިހާބު ބޭއްވިދާނެ. އެއީ ރަނގަޅު ވޯޓާސް ލިސްޓަކާ އެކީގައި،" އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝް އިންތިހާބުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓުލުމަށް ބާރު އަޅައި، ވޯޓުލާ މީހުންގެ ނިސްބަތް 100 އިންސަައްތައަށް ހެދުމަކީ ހުވަފެނެއް ކަމަށް ފާހަގަ ކުރައްވާ ޔޫނުސް ވިދާޅުވީ އޭގެ ސަބަބުން ވޯޓުލުމުގެ ހައްގު އަނބުރާ އަތުލަން އުނދަގޫވާނެ ކަމަށެވެ.

ބަންގްލަދޭޝްގެ ވެރިކަން ވެއްޓުނީ އެ ގައުމުގައި މިދިޔަ ޖުލައި މަހު ކުރި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި، ބޮޑުވަޒީރު ޝައިހް ހަސީނާ އޯގަސްޓް 5، ގައި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލެވުމުންނެވެ.

އެ ގައުމުގައި ހަސީނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައި އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް އަދަބު ދޭނެ ކަމަށް ބުނެފަ އެވެ.

ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ގޮސްފައިވާއިރު، އެ ކަމަނާ ހައްޔަރު ކުރަން ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ކޯޓު އަމުރެއް ވަނީ ނެރެފަ އެވެ. އަދި އެ ކަމަނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްއަކަށް ވެސް ބަންގްލަދޭޝް އިން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox