މީޑިއާ ކައުންސިލުގެ ރައީސްއަކަށް ސަގީފް، ނައިބަކަށް އިބްރާހިމް

މީޑިއާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ސަގީފް (ކ) ނައިބަކަށް އިންތިހާބުވި އިބްރާހިމް (ވ): އަލަށް އިންތިހާބުކުރި މެންބަރުންގެ ދައުރު ހަމަވާނީ ދެ އަހަރު ފަހުން --

މީޑިއާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ސަގީފް (ކ) ނައިބަކަށް އިންތިހާބުވި އިބްރާހިމް (ވ): އަލަށް އިންތިހާބުކުރި މެންބަރުންގެ ދައުރު ހަމަވާނީ ދެ އަހަރު ފަހުން --

މީޑިއާ ކައުންސިލުގެ އައު ރައީސްއަކަށް ހުސެއިން ސަގީފް އިހުސާން އަދި އެ ކައުންސިލުގެ ނައިބު ރައީސްކަމަށް އިބްރާހިމް މުހައްމަދު އިންތިހާބުވެއްޖެ އެވެ.

ރައީސް ކަމުގެ މަގާމަށް ސަގީފް އިންތިހާބުވީ މީޑިއާ ކައުންސިލް މެންބަރުންގެ މެދުގައި މިއަދު ނެގި ވޯޓުން ކުރި ހޯއްދައިގެންނެވެ. ސަގީފް އާ ވާދަކުރީ މިހާރު ނޫހުގެ ޝަނާ އެވެ.

ޝަނާގެ މައްޗަށް ސަގީފް ކުރި ހޯދީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ޝަނާއަށް ލިބުނީ ހަތް ވޯޓެވެ. ސަގީފްއަށް ލިބުނީ އަށް ވޯޓެވެ.

Advertisement

މީޑިއާ ކައުންސިލުގެ އައު ދައުރަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓަށްފަހު އެ ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ހޮވަން ވޯޓުލީ އިއްޔެ އެވެ. ރައީސްއަކު ހޮވަން ދެވަނަ ވޯޓަކަށް ދާން ޖެހުނީ އިއްޔެ ނެގި ވޯޓު ހަތް ވޯޓު ކޮންމެ ކޮޅަކަށް ލިބި އެއްވަރުވުމުންނެވެ.

އިއްޔެ އޮތް ވޯޓުން ކުރި ހޯދައިގެން މީޑިއާ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވީ އިބްރާހިމް މުހައްމަދު އެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ އޭނާއާ ވާދަކުރި ފައުޒީގެ މައްޗަށް ފަސް ވޯޓުން ކުރި ހޯދައިގެންނެވެ.

މީޑިއާ ކައުންސިލް މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox