ޝަރުތު ހަމަނުވިޔަސް ވަޒީފާ ދޭ ގޮތަށް ސްޓެލްކޯއަށް މުވައްޒަފުން ހޯދަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: އެކި ދާއިރާތަކުން ސްޓެލްކޯއަށް މުވައްޒަފުން ހޯދަނީ ކޮންޓްރެކްޓް އުސޫލުން --- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: އެކި ދާއިރާތަކުން ސްޓެލްކޯއަށް މުވައްޒަފުން ހޯދަނީ ކޮންޓްރެކްޓް އުސޫލުން --- ފޮޓޯ: ސްޓެލްކޯ

ވަޒީފާއަށް ބޭނުންވާ ޝަރުތު ހަމަނުވި ނަމަވެސް ވަޒީފާ ދެވޭ ގޮތަށް ގިނަ ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯ އިން މިދިޔަ ހަފުތާގައި ހުޅުވާލައިފި އެވެ.

ޑިސެމްބަރު 11، ގައި ގެޒެޓުކޮށްފައިވާ އިއުލާނުގައި ސްޓެލްކޯއިން ވަނީ 12 ދާއިރާއަކުން ވަޒީފާއަށް މީހުން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީފާތަކެއް ކަމެއް ވެސް އިއުލާނުގައި ނެތެވެ. އެ އިއުލާނާއެކު އިތުރު އެއްވެސް ލިޔުމެއް ވެސް ގެޒެޓުކޮށްފައެއް ނެތެވެ.

ސްޓެލްކޯއިން މި ވަޒީފާތައް ދެނީ ކޮންޓްރެކްޓު އުސޫލުންނެވެ. މި ވަޒީފާތަކުގެ ޝަރުތައް ކަނޑައަޅާނީ ކުންފުނިން ކަމަށް ބުނެ އެ ތަފުސީލުތައް އިއުލާނުގައި ހިމަނާފައި ނުވާއިރު، މުސާރަވެސް ކަނޑައަޅާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ކަމަށް ބަޔާންކޮށްފައިވ ެއެވެ.

ސްޓެލްކޯގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޝަރުތުހަމަވާ ފަރާތެއް ކުރިމަތިނުލާ ހާލަތެއްގައި، ކުރިމަތިލީ ފަރާތްތަކުން ހުށަހެޅި ލިޔުންތަކާއި ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތަކަށް ވެސް ވަޒީފާ ދިނުމުގެ ބާރު ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

މި އިއުލާނާ ގުޅޭގޮތުން ސްޓެލްކޯގެ މީޑިއާ ޓީމާ ސުވާލުކުރުމުން ތަފުސީލު ހޯދުމަށް އިތުރު ތަފުސީލު ހޯދުމަށްފަހު ޖަވާބެއް ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް މި ހަބަރު ޝާއިއުކުރުމާ ހަމައަށް ކުންފުނީގެ ރަސްމީ ބަހެއް ނުލިބެ އެވެ.

އިއުލާނުން ވަޒީފާ ދޫކުރާ އަދަދެއް ވެސް ނޭނގެ އެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ މާދަމާގެ ރަސްމީ ގަޑި ނިމޭއިރެވެ.

ސްޓެލްކޯއިން ގިނަ ވަޒީފާތަކެއް ދޭން ހުޅުވާލިއިރު، ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން ވަޒީފާތައް "ބަހަމުން" ގެންދާ ކަމުގެ ތުހުމަތު ބޮޑެވެ. އަދި ކުންފުނިތަކުން ވަޒީފާ ދަމުން މިދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ ހަރަދުތައް ވެސް ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox