ރޮނާލްޑޯ ދެކޭގޮތުގައި ސައުދީއަށް ފުރިހަަމަ ވޯލްޑް ކަޕެއް ބޭއްވޭނެ

Dec 12, 2024, 10:09 AM
ރޮނާލްޑޯ ދެކޭގޮތުގައި ސައުދީއަށް ފުރިހަަމަ ވޯލްޑް ކަޕެއް ބޭއްވޭނެ

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 12) - ފީފާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީ އަރަބިއްޔާ އަށް ދޭން ނިންމި ނިންމުމަށް މަރުހަބާ ކިޔައި، ސައުދީގައި ފުރިހަަމަ ވޯލްޑް ކަޕެއް ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ފީފާ އިން ރޭ ނިންމާފައިވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލް އަށް ދިނުމުގެ އިތުރުން، 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ފުރުސަތު ދިނުމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ، ސައުދީ އަކީ ވޯލްޑް ކަޕް ބޭއްވުމަށް ހުރިހާ ކަމެއް ފުރިހަަމަ ގައުމެއް ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި ސައުދީގައި ބޭއްވޭނީ އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އަހަންނަށް ވަރަށް ޔަގީންކަން އެބައޮތް އެ ވޯލްޑް ކަޕް ވަރަށް ފުރިހަަމަވާނެ. އިންފްރާސްޓްރަކްޗާ، ސްޓޭޑިއަމް، ސަޕޯޓަރުން، އެއާޕޯޓްތައް، ދެން މި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ އަށް ހުރީ،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ، ސައުދީގައި މިހާރު ވެސް އަންނަނީ ކުޅިވަރުގެ ބޮޑެތި އެކިއެކި އިވެންޓްތައް ކޮންމެ އަހަރަކު ވެސް ހޯސްޓްކުރަމުން ކަމަށާއި އެ ހުރިހާ އިވެންޓެއްގައި ނޫނީ މުބާރާތެއްގައި ވެސް އިވެނީ އިންތިޒާމްތަކުގެ ފުރިހަމަަކަމުގެ ވާހަކަ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ސައުދީ ޕްރޯ ލީގުގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ކުޅެމުން އަންނައިރު، ރޮނާލްޑޯ ދެކޭގޮތުގައި، އެ ގައުމުގެ ލީގު ފުޓްބޯޅަ ވެސް ކުރިއަރައިގެންދާއިރު، މީގެ 10 އަހަރު ފަހުން ކުޅޭ ވޯލްޑް ކަޕްގައި ކުޅެން ރަނގަޅު ޓީމެއް ސައުދީގައި އޮންނާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން 2034 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ވާދަކުރާނެ އިތުރު ބިޑެއް ވެސް ނެތި އެވެ. ފީފާ އިން ވަނީ ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑްގެ އިވެލުއޭޝަން ރިޕޯޓް އާންމުކޮށްފަ އެވެ. އެ ގޮތުން، އެ އިވެލުއޭޝަނުގައި ސައުދީ އަށް ވަނީ 5 އަކުން، 4.2 ލިބިފަ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ ބޮޑު ސްކޯ އެވެ. އެ އިވެލުއޭޝަން ރިޕޯޓްގައި ސައުދީގެ ހިއުމަން ރައިޓްސް ކަަށަވަރުވާ މިންގަނޑަށް ވަނީ އެކަށީގެންވާ މާކުހެއް ލިބިފަ އެވެ.

ޖުމްލަ އެކު، ސައުދީ އަރަބިއްޔާގައި ވޯލްޑް ކަޕް ބާއްވާނީ 15 ސްޓޭޑިއަމްގަ އެވެ. އަށް ސްޓޭޑިއަމެއް ހުންނާނީ ރިޔާދުގަ އެވެ. އޭގެ ތެރެއިން އެއް ދަނޑަށް ގާތްގަނޑަކަށް އެއް ފަހަރާ އެއް ލައްކާ މީހުންނަށް މެޗު ބަލަން ވަދެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުދީގައި ވޯލްޑް ކަޕް ކުޅޭނެ 15 ސްޓޭޑިއަމްގެ ތެރެއިން މި ވަގުތު ބޭނުންކުރަނީ، ހަތަރު ސްޓޭޑިއަމް އެވެ. އަށް ދަނޑެއްގެ މަަސައްކަތް ޕްލޭން ކުރެވިފައިވާއިރު، ތިން ދަނޑެއްގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. މީގެ ތެރެއިން ބައެއް ދަނޑުތަކުގައި، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ މެޗުތައް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox