ރެޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ތައްޔާރުވަނީ

Dec 12, 2024, 9:55 AM
ރެޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ތައްޔާރުވަނީ

މެންޗެސްޓާ (ޑިސެމްބަރު 12) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑް ވިއްކާލަން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން ހަތް އަހަރު ފެށިގެން ޔުނައިޓެޑަށް ކުޅެމުން އަންނަ ރެޝްފޯޑް، 27، ގެ ކުޅުން މިދިޔަ އަހަރެއްހާ ދުވަހަށް ބަލާނަމަ ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އެކަމަކު، ޔުނައިޓެޑްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޮރިމްއާ އެކު، ރެޝްފޯޑްގެ ފޯމު ރަނގަޅުވާނެ ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ފަހަކަަށް އައިސް އަނެއްކާ ވެސް އޭނާގެ ކުޅުން ވަނީ ދަށްވެފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ރެޝްފޯޑް، ޔުނައިޓެޑްގައި މަޑުކުރަން ބޭނުންވި ނަމަވެސް، އޭނާ ދޫކޮށްލުމާ މެދު ޔުނައިޓެޑުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގެ ތެރޭގައި، ރެޝްފޯޑް ގަންނަން 40-60 މިލިއަން ޑޮލަރުގެ ބިޑެއް ލިބިއްޖެނަމަ، އޭނާ ވިއްކާލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެެވެ.

Advertisement

ރެޝްފޯޑް، އޭނާގެ އަސްލު ފޯމުގައި ކުޅެފައިވަނީ، 18 މަސް ކުރިންނެވެ. އެއީ، ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގްގެ ފުރަތަަމަ ސީޒަނުގަ އެވެ. އެ ފަހަރު ރެޝްފޯޑް 30 ގޯލު ޖެހި އެވެ. އެ އަހަރު، ފްރާންސްގެ ޕީއެސްޖީން ވަނީ ރެޝްފޯޑް ގަންނަން މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު، ޔުނައިޓެޑުން ކިޔާ އަގުބޮޑުވުމުން އެ ޑީލުގެ ވާހަކަތަކެއް ކުރިއަށް ނުދިޔަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ސީޒަން ނިމުމުން ރެޝްފޯޑް ހޯދަން ޕީއެސްޖީ އާއި އިޓަލީގެ ކްލަބްތަކުގެ އޮފާ ލިބުމުގެ ފުރުސަތު ބޮޑެވެ.

ޔުނައިޓެެޑުން މިދިޔަ އަހަރުގެ ޖުލައި މަހު ރެޝްފޯޑްގެ ކޮންޓުރެކްޓް އާކުރިއެވެ. އާ ކޮންޓުރެކްޓްގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިހާތަނަށް ރެޝްފޯޑް، ޔުނައިޓެޑަށް ކުޅެދިން 425 މެޗުން އޭނާ ވަނީ 138 ގޯލު ޖަހައި، 68 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox