2030 އާއި 2034 ގައި ފީފާ ވޯލްޑް ކަޕް ބާއްވާނެ ގައުމުތައް ފައިނަލްވެއްޖެ

Dec 11, 2024, 4:31 PM
2030 އާއި 2034 ގައި ފީފާ ވޯލްޑް ކަޕް ބާއްވާނެ ގައުމުތައް ފައިނަލްވެއްޖެ

ޒިއުރިކް (ޑިސެމްބަރު 11) - ފީފާ ވޯލްޑް ކަޕް 2030 އާއި 2034 ވަނަ އަހަރު ހޯސްޓްކުރާނެ ގައުމުތައް ފައިނަލްކޮށްފި އެވެ.

އެ ގޮތުން، ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން މިއަދު ނިންމާފައިވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލް އަށް ދިނުމުގެ އިތުރުން، 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ފުރުސަތު ދިނުމަށެވެ.

މޮރޮކޯ އާއި ސްޕެއިން އަދި ޕޯޗުގަލް އަށް ދިން ވޯލްޑް ކަޕްގެ ބައެއް މެޗުތައް، އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ވެސް ކުޅޭނެ އެވެ. މިއީ، ވޯލްޑް ކަޕް އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވުމަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފީފާ އިން ނިންމި ނިންމުމެކެވެ. އެ ގޮތުން، އާޖެންޓީނާ އާއި ޕެރަގުއޭ އަދި އުރުގުއޭގައި ކުޅޭނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިންް މެޗެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ތިން ބައްރެއްގައި ތަފާތު ހަ ގައުމެއްގައި ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަކީ، މި މުބާރާތަށް 100 އަހަރު ފުރުން ފާހަގަކުރުން އެންމެ ރަނގަޅު ގޮތް ކަމުގައިވާނެ ކަމަށެވެ.

"ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރަން މިއީ ތަފާތު ގޮތެއް. ތަފާތު 48 ގައުމަކުން 104 މެޗު ކުޅޭނެ ވޯލްޑް ކަޕެއް ބަލާލުމުގެ ފުރުސަތު ލިބޭނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާ އިން ނިންމާފައިވަނީ، މޮރޮކޯ އާއި ޕޯޗުގަލް އަދި ސްޕެއިނުން ހޯސްޓްކުރާ ވޯލްޑް ކަޕްގައި މި ތިން ގައުމުގެ މެޗުތައް ވެސް އަމިއްލަ ގައުމުގައި ކުޅެވޭ ގޮތަކަށް ރޭވުމަށެވެ.

ސައުދީ އަރަބިއްޔާ އިން 2034 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ވާދަކުރާނެ އިތުރު ބިޑެއް ވެސް ނެތި އެވެ. ފީފާ އިން ވަނީ ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑްގެ އިވެލުއޭޝަން ރިޕޯޓް އާންމުކޮށްފަ އެވެ. އެ ގޮތުން، އެ އިވެލުއޭޝަނުގައި ސައުދީ އަށް ވަނީ 5 އަކުން، 4.2 ލިބިފަ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ ބޮޑު ސްކޯ އެވެ. އެ އިވެލުއޭޝަން ރިޕޯޓްގައި ސައުދީގެ ހިއުމަން ރައިޓްސް ކަަށަވަރުވާ މިންގަނޑަށް ވަނީ އެކަށީގެންވާ މާކުހެއް ލިބިފަ އެވެ.

ޖުމްލަ އެކު، ސައުދީ އަރަބިއްޔާގައި ވޯލްޑް ކަޕް ބާއްވާނީ 15 ސްޓޭޑިއަމްގަ އެވެ. އަށް ސްޓޭޑިއަމެއް ހުންނާނީ ރިޔާދުގަ އެވެ. އޭގެ ތެރެއިން އެއް ދަނޑަށް ގާތްގަނޑަކަށް އެއް ފަހަރާ އެއް ލައްކާ މީހުންނަށް މެޗު ބަލަން ވަދެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުދީގައި ވޯލްޑް ކަޕް ކުޅޭނެ 15 ސްޓޭޑިއަމްގެ ތެރެއިން މި ވަގުތު ބޭނުންކުރަނީ، ހަތަރު ސްޓޭޑިއަމް އެވެ. އަށް ދަނޑެއްގެ މަަސައްކަތް ޕްލޭން ކުރެވިފައިވާއިރު، ތިން ދަނޑެއްގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. މީގެ ތެރެއިން ބައެއް ދަނޑުތަކުގައި، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ މެޗުތައް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox