މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ހުޅުމާލެ ކަންނެލި ޖެޓީގައި މަސްއޮޑިތައް ބަނދަރުކޮށްފި

ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން: މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ހުޅުމާލެ ކަންނެލި ޖެޓީގައި މަސްއޮޑިތައް ވަނީ ބަނދަރު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން: މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ހުޅުމާލެ ކަންނެލި ޖެޓީގައި މަސްއޮޑިތައް ވަނީ ބަނދަރު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މަސްވެރިންގެ ދުވަސް މާދަމާ ފާހަގަ ކުރަން ހުޅުމާލެ ކަންނެލި ޖެޓީގައި މަސްއޮޑިތައް ބަނދަރުކޮށްފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ރައީސް ހުސެއިން ނަޝީދު "އަދަދު" އަށް ވިދާޅުވީ މާދަމާ ހެނދުނު 09:00 އިން ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން ގެންދާނީ އެ ޔޫނިއަންގެ އަހަރީ އާންމު ޖަލްސާއާ ވެސް އެކީގައި ކަމަށެވެ.

ބީކޭއެމްޔޫގެ އަހަރީ އާންމު ޖަލްސާގައި ހިންގާ ކޮމިޓީ އިންތިހާބު ކުރުމާއި، ހިންގާ ގަވާއިދު އިސްލާހުކޮށް ފާސް ކުރުން ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

Advertisement

ބީކޭއެމްޔޫގެ އަހަރީ އާންމު ޖަލްސާއަށް ފަހު މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ގޮވާލައި ޝުއުރު ފާޅު ކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝުއޫރުތަކުގެ ތެރޭގައި މި އޮތީ މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ގޮވައިލުން، ހަމައެކަނި ބޮޑުކަންނެލި މަސްވެރިންނަށް ވީ ވައުދުތަކެއް ނޫން، ދޮށީގެ މަސްވެރިންނަށް ވީ ވައުދުތައް ވެސް ފުއްދައިދިނުމަށް ގޮވައިލާ ޝުއޫރު ފާޅު ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ބީކޭއެމްޔޫ އިން ވަނީ މީގެ ކުރިން މަސްވެރިންނަށް ވީ ވައުދުތައް ސަރުކާރުން ނުފުއްދާތީ އަޑު އުފުލުމުގެ ގޮތުން ހުޅުމާލެ ޖެޓީން ފުރައިގެން މާލެއަށް އައިސް، މާލޭގެ އެއް ނަންބަރު ފާލަން ކައިރީ އިހުތިޖާޖު ކޮށްފަ އެވެ. އެ އިހުތިޖާޖު ނިންމާލީ މަސްވެރިން ކުރި ބައެއް ޑިމާންޑުތައް ސަރުކާރުން ފުރިހަމަ ކުރުމުންނެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ ދޯނިތަކަށް މާދަމާއިން ފެށިގެން 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދެވޭނެ ކަމަށެވެ.

އެއީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އާއި މިފްކޯ މެދުވެރިވެގެން ހަދާފައިވާ އެރޭންޖުމަންޓެއް ކަމަށް ގާފަރުގައި ވާހަކަ ދައްކަވަމުން ރައީސް ހާމަކުރެއްވި އެވެ. އެގޮތުން, މިއަަދާ ހަމައަށް ދޫނުކޮށް ހުރި 38 މިލިއަން ރުފިޔާ މިހާރު ޖަމާކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ މުޒާހަރާތަކަށްފަހު ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ވުރެ ތިރި ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް މަހުގެ އަގު ވަރަށް ބޮޑަށް ތިރިކޮށްފަ އެވެ. މިހާރު މިފްކޯއިން މަސް ގަންނަނީ 5ރ. އާއި 16ރ. އާ ދެމެދުގެ ރޭޓުތަކެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox