މާދަމާ އިން ފެށިގެން ބީއެމްއެލް އެކައުންޓް އޮތް މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާވާނެ: ރައީސް

މާދަމާ އިން ފެށިގެން ބީއެމްއެލް އެކައުންޓް އޮތް މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާވާނެ: ރައީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ ދޯނިތަކަށް މާދަމާއިން ފެށިގެން 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އާއި މިފްކޯ މެދުވެރިވެގެން ހަދާފައިވާ އެރޭންޖުމަންޓެއް ކަމަށް މިއަދު ގާފަރުގައި ވާހަކަ ދައްކަވަމުން ރައީސް ހާމަކުރެއްވި އެވެ. އެގޮތުން, މިއަަދާ ހަމައަށް ދޫނުކޮށް ހުރި 38 މިލިއަން ރުފިޔާ މިހާރު ޖަމާކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންކަން އެ އޮތީ ހަމަޖައްސައިދީފައި. އިރާދުކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑު ވީ ވައުދު ފުއްދެމުން ދާނެ. ބީއެމްއެލްގެ އެކައުންޓް އޮތް މަސް ދޯންޏަކަށް ވިއްޔާ," ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އެކައުންޓް އޮންނަ އޮޑިފަަހަރަށް އެހެން ގޮތެއް ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން ކ. ހިންމަފުށި, ގއ. ކޫއްޑޫ, ޅ. ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެފްއެސްއެމްގެ ސައިޓުތަކުން އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން މަސްވެރިންގެ ދަފްތަރުގެ ރަޖިސްޓްރީ މި ހަފްތާ ނިމުމުގެ ކުރިން ގެޒެޓު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގަައި ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް މަސް ކިރުވިތާ 48 ގަޑިއިރުގެ ތެރޭގައި މިހާތަނަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

މަސްވެރިންގެ މުޒާހަރާތަކަށްފަހު ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ވުރެ ތިރި ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް މަހުގެ އަގު ވަރަށް ބޮޑަށް ތިރިކޮށްފަ އެވެ. މިހާރު މިފްކޯއިން މަސް ގަންނަނީ 5ރ. އާއި 16ރ. އާ ދެމެދުގެ ރޭޓުތަކެއްގަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 13، ގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox