އަޅުގަނޑުގެ މޭޒުމަތީ އެއްވެސް އެމްޕީއެއްގެ ވަޒީފާގެ ރިކްއެސްޓެއް މިހާރު ނޯންނާނެ:ރައީސް

ޮީޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ޮީޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އެދިވަޑައިގެންނެވި ހުރިހާ ވަޒީފާއެއް ހަމަޖައްސާ ދެއްވާފައިވާކަން ދޭހަވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެމްބަރުންނަށް މެސެޖެއް ފޮނުއްވައިފި އެވެ.

ބައެއް މެންބަރުން ހުށަހެޅުއްވި ވަޒީފާތައް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުން ފެށިގެން ހަމަނުޖެހި ދިގު ދެމިގެންދާތީ، އެ މެންބަރުންގެ ހިތްހަމަނުޖެހުން ބޮޑުވަމުން ދަނިކޮށް، ވަޒީފާތައް ހަމަޖައްސައި މިިދިނި އަންނަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، ރަށްރަށުން ވެސް މީހުން އަންނަ އިއުލާނުކޮށްފައި ވަނިކޮށެވެ.

ޑިސެންބަރު 2 ގައި، ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމުގައިވާ އަލީ އާރިފް އާއި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޕީޖީ ގުރޫޕު ބައްދަލުވުމުގައި މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަތަކުގެ ޔައުމިއްޔާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ތަފްސީލު ޔައުމިއްޔާއެއް ކޮންމެ އެމްޕީއެއް ދެއްކެވި ވާހަކަފުޅު ޕޮއިންޓު ފޯމް އަށް ތައްޔާރުކޮށް މިނިސްޓަރު އާރިފު ވަނީ ދެއްވާފައި. ރޭގައި މި ޔައުމިއްޔާ އަޅުގަނޑު އެއްކޮށް ކިޔައިފިން،" ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕަށް ރައީސް މިއަދު ފޮނުއްވި މެސެޖުގައިވެ އެވެ.

"ވަޒީފާގެ ކަންތަކުގައި ދަންނަވަން. އަޅުގަނޑާ ހަމައަށް ފޮނުވި ހުރިހާ ރިކްއެސްޓުތަކަށް ހުންނާނީ ޑައިރެކްޝަންސް ދީފައި. އަޅުގަނޑުގެ މޭޒުމަތީ އެއްވެސް އެމްޕީއެއްގެ ވަޒީފާ ރިކްއެސްޓެއް މިހާރު ނޯންނާނެ."

އެކަން ކަށަވަރު ކުރެއްވުމަށް މިނިސްޓަރު ނާސިރު، އަދި މިނިސްޓަރު އަލީ އާރިފުއާ ކޯޑިނޭޓު ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި މެންބަރުންނާ ވަރަށް އަވަހަށް ބައްދަލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މެންބަރުން އެދިވަޑައިގެންނެވި ހުރިހާ ވަޒީފާއެއް ހަމަޖައްސައި ދެއްވައިފިކަން ދޭހަވާ ގޮތަށް ރައީސް މުއިއްޒު މި ވިދާޅުވީ، މާލީ ދަތިކަން ބޮޑުވެ، ސިޔާސީ މަގާމުތަކުގައި ތިއްބެވި 228 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށެވެ.

ނަމަވެސް ވަކިކުރީ ކޮން ބައެެއްކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ދައުލަތުގެ ތިން މިނިސްޓަރަކު ވަކިކުރުމަށާއި ޕާޓީ ހިންގުމުގެ ބާރު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއަށް ދިނުން ހިމެނޭހެން ގިނަ ޑިމާންޑުތަކެއްކޮށް، އެކަންކަން ނުކުރާނަމަ ޕާޓީ ދޫކޮށްލަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ބައެއް މެންބަރުން ދެެއްވި އެވެ.

"ގިނަ މެންބަރުން ޑިމާންޑު ކުރީ ހޯމް މިނިސްޓަރު އިހުސާން އާއި އެޑިއުކޭޝަން މިނިސްޓަރާއި އޭޖީ ވަކި ކުރަން އަދި ސިޔާސީ ބާރުތަކާއި ޕާޓީ ހިންގުމުގެ ބާރުތައް އަދުރޭއަށް ދޭން، އަދުރޭއާ މަޝްވަރާ ކޮށްގެން ކަންކަން ކުރިއަށް ގެންދަން،" ޑިސެންބަރު 2 ގައި، ޕީއެންސީގެ މަޖިލިސް މެންބަރަކު އަދަދު ނޫހަށް ވިދާޅުވި އެވެ.

މަޖިލީހުގައި އޮތް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދެ ބޭފުުންގެ ތެރެއިން، އަލީ އާރިފް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ. އަބްދުﷲ ނާސިރުއަކީ މާލެ ސިޓީ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް ވަރަށް އަރިސް ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox