ސެން ޓީޗަރުން އުފައްދަން އާ ކޮންސެޕްޓެއްގެ ޕްރޮގްރާމެއް ފަށަނީ

ޓީޗަރުންތަކެއް: އާ ކޮންސެޕްޓެއްގައި ސެން ޓީޗަރުން އުފައްދަން ޕްރޮގްރާމެއް ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ޓީޗަރުންތަކެއް: އާ ކޮންސެޕްޓެއްގައި ސެން ޓީޗަރުން އުފައްދަން ޕްރޮގްރާމެއް ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އުފައްދަން މުޅިން އާ ކޮންސެޕްޓެއްގައި ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

މާފަންނު މަދުރަސާއަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އާ ޕްރޮގްރާމުގެ ދަށުން ހުރިހާ ޓީޗަރުންނަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭ ފެންވަރަށް ތަމްރީނުވެފައިވާ ޓީޗަރުންނަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ސެން ޓީޗަރުންގެ ގޮތުގައި ވެސް ހާއްސަ ބަޔަކު ތަމްރީނު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސެން ޓީޗަރުން ތަމްރީނު ކުރުން މިހާރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އާ ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައި އެދަނީ. އާ ކޮންސެޕްޓެއްގައި. އިންކްލޫސިވް ގޮތެއްގައި ހުރިހާ ޓީޗަރުންނަކީ ވެސް އެ ދާއިރާއަށް ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމާއި ހާއްސަކޮށް އެ ދާއިރާގެ ޓީޗަރުން އުފެއްދުމާ. މި ދެ ކަންތައް ކުރުމުގެ މަސައްކަތްތަކެއް ފެށިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.

ސެން ޓީޗަރުންނަށް ވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީ، ކުރިއަށް އޮތް ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ތަފާތު ކުރުމެއް ނެތި ތައުލީމީ ފުރުސަތު ހޯދައި ދިނުމުގައި މެނިފެސްޓޯގައި އޮތް ގޮތަށް އެ މަސައްކަތް ތަންފީޒު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުގެ ޓީޗަރުންނަށް އެ ޕްރޮގްރާމު ފަށައިގެން ޑިޕްލޮމާއިން ޑިގްރީ ފެންވަރަށް ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ހާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox