ޕޮސްޓެކޮގްލޫ ބުނީ ޓޮޓެންހަމްގައި ތަކުރާރުވަނީ އެއް މައްސަލަތަކެއް ކަމަށް

Dec 6, 2024, 1:54 AM
ޕޮސްޓެކޮގްލޫ ބުނީ ޓޮޓެންހަމްގައި ތަކުރާރުވަނީ އެއް މައްސަލަތަކެއް ކަމަށް

ލަންޑަން (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވިއިރު، އެ ޓީމުގެ ފަރާތުން ތަކުރާރުވަނީ އެއް މައްސަލަތަކެއް ކަމަށް ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޓޮޓެންހަމް އިން ކުޅުނު 14 މެޗުގެ ތެެރެއިން ހަ މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ ބަލިވެ، ދެ މެޗުން އެއްވަރުވެފަ އެވެ. ރޭގެ މޮޅާ އެކު، ބޯންމައުތުން ވަނީ ޓޮޓެންހަމް ފަހަތަށް ޖައްސާލައި، ނުވަ ވަނަ އަށް އަރައިފަ އެވެ. ބޯންމައުތަށް 14 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް 10 ވަނައިގައި އޮތީ 14 މެޗުން 20 ޕޮއިންޓާ އެކު އެވެ.

ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން މޮޅުވީ، 17 ވަނަ މިނިޓްގައި، ޑީން ހުއިޖްސަން ޖެހި ގޯލުންނެވެ. މިއީ މާކަސް ޓަވެނިއާ ނެގި ކޯނަރަކުން 19 އަހަރުގެ ހުއިޖްސަން ބޮލުން ޖެހި ގޯލެެެކެވެ.

Advertisement

މި ސީޒަނުގައި ޓޮޓެންހަމް ކޮޅަށް ގިނަ ގޯލު ވަދެފައިވަނީ ސެޓްޕީސް (ޖެހުން/ކޯނަރު) ތަކުންނެވެ. ޕޮސްޓެކޮގްލޫ ބުނެފައިވަނީ އެ ކަންކަން ރަނގަޅުުކުރަން ޓްރެއިނިންގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މީގެ އެއް މައްސަލަތަކެއް މި ފެންނަނީ، ސެޓްޕީސްތަކުގައި އަހަރެމެންގެ ފަރުވާ ބެހެއްޓުމުގެ ކަންކަން ދަށްކޮށް މި ދިޔައީ،" ޕޮސްޓެކޮގްލޫ ބުންޏެވެ.

ލީގުގައި ރޭ ފުލަމް އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން އަތުން 3-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، ފުލަމް އިން ވަނީ ފަސް ވަނައިގައި އޮތް ބްރައިޓަންއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ބްރައިޓަން އަށް 14 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ފުލަމް އަށް 14 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox