ދަތުރާ ގުޅިގެން އޮޑިޓް އޮފީހުން ހަގީގަތާ ހިލާފު ރިޕޯޓެއް ނެރުނީ ފަލީހަތް ކުރުމަށް: ހދ. އަތޮޅު ކައުންސިލް

ހދ. އަތޮޅު ކައުންސިލްގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ހދ. އަތޮޅު ކައުންސިލްގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ހދ. އަތޮޅު ކައުންސިލުން މިދިޔަ އަހަރުގެ އޮކްޓޯބަރު 9، އިން 18 ގެ ނިޔަލަށް ތައިލެންޑަށް ކުރި ދަތުރާ ގުޅިގެން ހަގީގަތާ ހިލާފު ރިޕޯޓެއް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނީ އެންމެން ކުރިމަތީގައި އެ ކައުންސިލް ފަލީހަތް ކުރުމުގެ ނިޔަތުގައި ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ހދ. އަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތައިލެންޑަށް ކުރި ދަތުރަކީ އެ ކައުންސިލާއި ތައިލެންޑުގެ އެޑްވާންސްޑް އިންޓަނޭޝަނަލް ޓްރެއިނިން ނެޓްވޯކް (އޭޓީޓީއެން) އާ ގުޅިގެން އަތޮޅު ކައުންސިލުގެ މެންބަރުންނާއި އިސް މުވައްޒަފުންނަށް ހިންގި "ގުޑް ގަވަނަންސް، ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓް" ކެޕޭސިޓީ ޑެވެލޮޕްމަންޓް ޕްރާމުގައި ބައިވެރިވާން ކުރި ދަތުރެއް ކަމަށެވެ.

އެ ދަތުރާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓަކީ މާލިއްޔަތާއި ބެހޭ ސާކިއުލާއާ ހިލާފަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށް ކައުންސިލުން ފާހަގަ ކުރި އެވެ.

"މިފަދަ ހަގީގަތާއި ހިލާފު މައުލޫމާތު ހިމެނޭ ރިޕޯޓެއް އެކުލަވާލައި އާންމު ރައްޔިތުންނާއި މީޑިއާ އާއި މުޅި ދައުލަތުގެ ކުރިމަތީގައި މި ކައުންސިލު ފަލީހަތްވާ ގޮތަށް އަމަލު ކުރުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް،" އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ ރިޕޯޓުގައި އާންމު ކޮށްފައިވާ ތަމްރީން ޕްރޮގްރާމާ ބެހޭ މައުލޫމާތުތަކަކީ އެ ދަތުރުގެ ޔައުމިއްޔާ އާއި އެހެނިހެން ޑޮކިއުމަންޓްތަކާއި ފޮޓޯތަކާއި އަދި އެ ރިޕޯޓަށް މެނޭޖްމަންޓުން ދީފައިވާ ކޮމެންޓްތަކަށް ރިއާޔަތް ކުރުމެއް ނެތި ހިމަނާފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓަކީ އޮޑިޓުގެ ޒިންމާގެ ބޭރުން އިދާރީ ދާއިރާގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދޭ މޭރުމަކުން އާންމު ކޮށްފައިވާ ރިޕޯޓެއްކަން ކަމަށާއި އެއީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތާ ވެސް ހިލާފަށް ނެރެފައިވާ ރިޕޯޓެއް ކަމަށް ކައުންސިލުން ބުންޏެވެ.

އެ ދަތުރުގައި ބައިވެރިވި ހދ. އަތޮޅުގެ 12 ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ ބަހެއް ނެތި އެ ތަމްރީން ދަތުރަކީ މަންފާއެއް ނެތް ދަތުރެއްގެ ގޮތުގައި މުޖުތަމައުއަށް ސިފަކޮށް ދިނުމަށް މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަން ފާހަގަކޮށް ކައުންސިލުން ފާހަގަކުރި އެވެ.

އެގޮތުން ކައުންސިލުން ބުނީ ތަމްރީނާއި ތަޖުރިބާ ހޯދުމަށް ބަޖެޓުން ކުރެވުނު ހަރަދުތަކުން ނުކުންނަ ނަތީޖާ އާއި ލިބޭ މަންފާ އިގްތިސާދީ ނަޒަރަކުން އެކަނި ވަޒަން ކުރާއިރު އިންސާނީ ތަރައްގީ އަކީ ވެސް ތަހުޒީބުވަމުން އަންނަ ދުނިޔޭގައި ވަޒަން ކުރަން ޖެހޭނެ ކަންކަން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ނެތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ގޮތުގައި ދެކޭ ކަމަށެވެ.

މީގެއިތުރުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރޭ ރިޕޯޓުތަކަކީ ގާނޫނާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް ފެތޭ އަދި ޖަވާބުދާރީވަނިވި ގޮތެއްގައި އާންމު ކުރެވޭ ރިޕޯޓުތަކަށް ވާން ޖެހޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox