އެޗްޑީސީގެ ސީއެފްއޯ އަތުގައި މަގާމަށް ބޭނުންވާ ސެޓިފިކެޓުތައް ހަމަނުވޭ

މާލިއްޔަތު ކޮމިޓީގައި ފަޒުލްއާއެކު ސީއެފްއޯ (ވ) ބައިވެރިވަނީ. އެންމެ ފަހުން އެމަގާމުގައި ހުރި މުވައްޒަފު ވަކިވީ އިސްތިއުފާ ދޭން އެންގުމުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާލިއްޔަތު ކޮމިޓީގައި ފަޒުލްއާއެކު ސީއެފްއޯ (ވ) ބައިވެރިވަނީ. އެންމެ ފަހުން އެމަގާމުގައި ހުރި މުވައްޒަފު ވަކިވީ އިސްތިއުފާ ދޭން އެންގުމުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާދާރު ވެރިޔަކަށް ހުރި ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި މި ވަގުތު ހުރި މުވައްޒަފުގެ އަތުގައި އެ މަގާމަށް ބޭނުންވާ ހުރިހާ ސެޓްފިކެޓެއް ހަމަނުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ހާމަކޮށްފި އެވެ.

އެޗްޑީސީގެ ސީއެފްއޯގެ މަގާމުގައި ހުރި އަހްމަދު ޝާމް އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދިނުމުން އޭނާގެ ބަދަލުގައި އައްޔަނުކުރީ އަބްދުالله ފާއިދު އެވެ. އޭނާއަކީ ކުރިން ވެސް އެޗްޑީސީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ އާ ސީއެފްއޯގެ ޝަރުތު ހަމަނުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެ ސުވާލު ފަޒުލްއާ އަމާޒުކުރައްވާފަ އެވެ.

Advertisement

"އަޅުގަނޑުމެން ޝަރުތު ހަމަވުމާއި ނުވުން އެއީ އަޅުގަނޑުމެން މެނޭޖުމަންޓު ސައިޑުން ވިސްނާ އިރުގައި ބޯޑުން އެޕްރޫވަލް ނަގައިގެން ކުރިއަށްގެންދާ ކަންކަން. ދަންނަވާލަން މި އުޅެނީ ހަމަ ސެޓިފިކޭޝަންސް އޮފް ފަރާތެކޭ. މިކަލަ ބޮޑު ކުންފުންޏެއް ކުރިއަށްގެންދާއިރު އަޅުގަނޑުމެން ބަލަން ޖެހޭ ވަރަށް ބައިވަރު ކަންތައްތައް ހުރޭ. އެހެންވީމާ އެ ހުރިހާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ސީއެފްއޯ ސިލެކްޓް ކުރެވިފައި ހުރީ," ފަޒުލް ވިދާޅުވި އެވެ.

ސީދާ ޖަވާބެއް ނުދެއްވުމުން އަނެއްކާ ވެސް ގަފޫރު ވަނީ މިހާރު އެ މަގާމުގައި ހުރި މުވައްޒަފުގެ ޝަރުތު ހަމަވޭތޯ އަހައި ސުވާލު ތަކުރާރު ކުރައްވާފަ އެވެ.

"އެއް ސެޓިފިކޭޝަން އެބައޮތް [ނުލިބޭ]. އެ ހާސިލު ކުރަން އެގްޒަމިނޭޝަންގައި ސިޓު ކުރަން, މި އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސިޓު ކުރާނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ," ކޮމިޓީގައި ފަޒުލް ހާމަކުރެއްވި އެވެ.

އެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ގަފޫރު ވަނީ މަގާމަށް މީހުން ނަގަނީ މަސައްކަތުގައި އުޅެމުން ކިޔަވާ ގޮތަށްތޯ ފަޒުލް ކައިރިން އައްސަވާފަ އެވެ. އަދި, އެ މައްސަލަ އޮތްތޯ ސާފުކޮށް ވިދާޅުވުމަށް އެދިވަޑައިގަތެވެ.

ޖަވާބުގައި ފަޒުލް ވިދާޅުވީ އެއީ ވަރަށް "ކޮމްޕްލެކްސް" މައްސަލައެއް ކަމަށާއި އެ މައްސަލަ މިވަގުތު އޮތީ "ޕްރޮސެސިން" ގައި ކަމަށް ވިދާޅުވެފަ އެވެ. ސީއެފްއޯއެއް އައްޔަނު ކުރުމަކީ ބޯޑުން އެންޑޯޒް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް މިއަދު ފަޒުލް ވިދާޅުވި އެވެ.

އެޗްޑީސީއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެސެޓު ޕޯޓްފޯލިއޯ އޮތް ކުންފުންޏެވެ. އޭގެ އިތުރުން, ބޮޑު އާމްދަނީއެއް ކޮންމެ އަހަރަކު ވެސް އެ ކުންފުންޏަށް ވަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox