ހީނާ ވިދާޅުވީ ރައީސް މުއިއްޒު އާއި އެމްއެމްޓީވީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު : އޭނާ ވިދާޅުވީ އެމްއެމްޓީވީ އާ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް ނެތް ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު : އޭނާ ވިދާޅުވީ އެމްއެމްޓީވީ އާ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް ނެތް ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރު ޕްރޮމޯޓުކުރުމަށް އުފައްދާ ހިންގަމުން އަންނަ އެމްއެމްޓީވީ އާއި ރައީސް އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވީ އެ ޓީވީ ހިންގުމަށް އޭނާ ސީއީއޯކަން ކުރައްވާ އެންސްޕާއަށް ބޮޑު އަގެއްގައި އޮފީސް އިމާރާތެއް ކުއްޔަށް ދީ ދައުލަތުގެ ފައިސާ ހޯދަމުންދިޔަ ގޮތާ ބެހޭގޮތުން މި ނޫހުން ގެނެސްދިން ރިޕޯޓަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން، އެމްއެމްޓީވީ ހިންގުމުގައި ސަރުކާރުގެ އިސްވެރިންނާއި މުވައްޒަފުން ހަރަކާތްތެރިވެ ރައީސް މުއިއްޒު ޕްރޮމޯޓު ކުރި ނަމަވެސް އެ ޓީވީ ޗެނަލް އާ ރައީސް އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހީނާ ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

ނަމަވެސް، މި ނޫހުން އެކި ގޮތްގޮތުން އެއްކުރި މައުލޫމާތުން މި ޓީވީ ޗެނަލާއި ޗެނަލު ހިންގާ ކުންފުންޏާ ރައީސް މުއިއްޒުއާ އޮތް ގާތް ގުޅުން ވަނީ ހާމަވެފަ އެވެ.

މޯލްޑިވްސް މީޑިއާ ހައުސްގައި ރައީސް މުއިއްޒުގެ މަސްލަހަތު

މޯލްޑިވްސް މީޑިއާ ހައުސް ރަޖިސްޓްރީކުރިއިރު ހިއްސާދާރުންގެ ގޮތުގައި އަދި ޑިރެކްޓަރުންގެ ބޯޑުގައި ތިބީ ތިން މީހެކެވެ. އެއީ ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރު އާއި ރައީސް އޮފީހުގެ މިނިސްޓަރު ހަލީލުގެ ދޮންދަރި، ގ. ދަނބުކޮކާ، އަހުމަދު ސައިފް ހަލީމް އަދި އައިޝަތު ޝީރީނާ ކިޔާ މީހެކެވެ. މީޑިއާ ހައުސް، ރަޖިސްޓްރީކޮށްފައި ވަނީ ހަލީލު ދިރިއުޅުއްވާ، ގ. ދަނބުކޮކާގަ އެވެ.

ކުންފުނި ރަޖިސްޓްރީ ކުރިއިރު ސައިފް އާއި ޝީރީނާ ހިއްސާދާރުންގެ ގޮތުގައި ތިއްބަސް، އެމްއެމް ޓީވީން ބްރޯޑްކާސްކުރަން ފެށީ އެ ދެ މީހުންގެ ނަން ކުންފުނިން އުނިކޮށް، ހަމައެކަނި އަބްދުﷲ ޒާހިރު އަށް މުޅި ކުންފުނި ބަދަލުކޮށްފަ އެވެ.

"އަދަދު ނޫހު"ގެ ލެންސަށް ޒާހިރު ފުރަތަމަ އެރީ 20 ވަނަ މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން ދެމުންދިޔަ ބައިލައްކަ ރުފިޔާއާ ގުޅޭ ގޮތުން ގެނެސްދިން ޑޮކިއުމެންޓަރީގަ އެވެ. މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއާއެކު ޒާހިރު، ކަޅު ދަބަހަކާއި ފޮތި ކޮތަޅެއް ހިފައިގެން ދިމްޔާތުން ޕީއެންސީ އޮފީހަށް އޭރު ދިޔަ އެވެ.

އޭނާއަކީ މީޑިއާގެ ބެކްރައުންޑު ހުރި، އަދި އެފަދަ ވިޔަފާރިއެއް ކުރިން ކުރި މީހެއް ނޫނެވެ.

އެމްއެމްޓީވީ ހުޅުވި ރޭ ޒާހިރުގެ ދެ ފަރާތުގައި ތިއްބެވީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު އާއި، އޭނާގެ ޒަމާންވީ އެކުވެރިޔާ، ރައީސް އޮފީހުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އެވެ.

ހަލީލު ވިދާޅުވީ އޭނާ އެ ތަނުގައި އަދާކުރަމުން ދަނީ ކޮންސަލްޓެންޓެއްގެ ދައުރު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox