އެއްޖިންސުގެ ގުޅުމަށް ހިތްވަރުދޭ ކެމްޕެއިނުގެ ކެޕްޓަން ބޭންޑް އަޅަން އިޕްސްވިޗު ކެޕްޓަން ދެކޮޅު

Dec 2, 2024, 7:07 PM
އެއްޖިންސުގެ ގުޅުމަށް ހިތްވަރުދޭ ކެމްޕެއިނުގެ ކެޕްޓަން ބޭންޑް އަޅަން އިޕްސްވިޗު ކެޕްޓަން ދެކޮޅު

ލަންޑަން (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގެ އިޕްސްވިޗު ޓައުން އަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު، ސޭމް މޮރްސީ، އެއްޖިންސުގެ ގުޅުމަށް (އެލްޖީބީޓީ) ހިތްވަރުދޭ ކެމްޕެއިނުގައި ބައިވެރިވާން އަޅާ ވިއްސާރަދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް ނާޅަން ނިންމައިފި އެެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 20 ޓީމުގެ ކެޕްޓަނުން އެލްޖީބީޓީ އަށް އޮތް ސަޕޯޓް ދައްކުވައިދޭން ނޮވެމްބަރު 29 އިން ޑިސެމްބަރު 5 އަށް ކުޅޭ މެޗުތަކުގައި ވިއްސާރަދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް އަޅަ އެވެ.

އެކަމަކު، މި ހަފްތާގެ މެޗުތަކުގައި ހުރިހާ ޓީމެއްގެ ކެޕްޓަނުން އެ ބޭންޑް ބޭނުންކުރި ނަމަވެސް، އިޕްސްވިޗުން ނޮޓިންހަމް ފޮރެސްޓާ ކުޅުުނު މެޗުގައި މޮރްސީ، 33، އެ ބޭންޑް ނާޅަ އެވެ.

Advertisement

މިސްރު ގައުމީ ޓީމަށް ކުޅޭ މޮރްސީގެ އެ ބޭންޑް ނާޅަން ނިންމީ އޭނާގެ ދީނީ ކަމެއްގެ ގޮތުގައި އައި ނިންމުމެއްގެ ސަބަބުން ކަމަށް އިޕްސްވިޗުން ނެރުނު ބަޔާނުގައިވެ އެވެ. އަދި މޮރްސީގެ އެ ނިންމުމަށް ކްލަބުގެ ފުުރިހަަމަ އިހުތިރާމް އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުން ހިންގާ މި ފަދަ އިސްލާމްދީނުގެ ގަބޫލުކުރުންތަކާ ހިލާފު ކަންތައްތަކުގައި މުސްލިމް ކުޅުންތެރިން ބައިވެރިނުވެ އެވެ.

އެހެން ނަމަވެސް، އެލްޖީބީޓީ އަށް އޮތް ސަޕޯޓް ދައްކުވައިދޭން އިޕްސްވިޗުން ހަރަކާތްތަކެއް ކުރިއަށް އޮތް މެޗުގައި ރޭވިފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox