މަޖިލީހުގައި އޮތް ޕީއެންސީ ޕީޖީ ބައްދަލުވުމެއްގައި އަލީ އާރިފް އާއި އަބްދުﷲ ނާސިރު ބައިވެރިވެެއްޖެ

ރައީސް އޮފީހުގެ ދެ މިނިސްޓަރު، އަލީ އާރިފް އާއި އަބްދުﷲ ނާސިރު

ރައީސް އޮފީހުގެ ދެ މިނިސްޓަރު، އަލީ އާރިފް އާއި އަބްދުﷲ ނާސިރު

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންދުރު ކުރިއަށް ގެންދިޔަ ޕީއެންސީ ޕީޖީ ގުރޫޕު ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ދެ މިނިސްޓަރުން، އަލީ އާރިފާއި އަބްދުﷲ ނާސިރު (ހެރިންސް އައްޅޯ) ބައިވެރިވެއްޖެ އެވެ.

ޕީއެންސީ ޕީޖީ ގުރޫޕުގެ ބައެއް މެންބަރުން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގައި އޮތް ޕީޖީ ގުރޫޕުގެ ބައްދަލުވެއްގައި އެގޮތަށް އިތުރު ބަޔަކު ބައިވެރިވެވަޑައިގެން މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

"މީގެ ކުރިން މަޖިލީހުގައި އޮންނަ ބައްދަލުވުމަކަށް ނާދޭ އިތުރު މީހަކު، މިއަދު ފެނުނީ އައިސް ތިއްބާ އެމީހުން،" މި ނޫހަށް މައުލޫމާތު ދިން މެންބަރަކު ވިދާޅުވި އެވެ.

ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދެ ބޭފުުންގެ ތެރެއިން، އަލީ އާރިފް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ. އަބްދުﷲ ނާސިރުއަކީ މާލެ ސިޓީ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް ވަރަށް އަރިސް ބޭފުޅެކެވެ.

އެ ބައްދަލުވުން އޮންނާތީ މިއަދު ހެނދުނު 11:00 އަށް ތާވަލުކޮށްފައި އޮތް ޖުޑިޝަރީ، މާލިއްޔަތު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުންތައް ވެސް ކުރީ ކެންސަލް އެވެ.

ކޮމިޓީތައް ކެންސަލް ކުރުމަށްފަހު ކުރިއަށް ގެންދިޔަ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މަޖިލިސް މެންބަރުން، އެ މެންބަރުންގެ ދާއިރާތަކުގައި ޕްރޮޖެކްޓުތައް ކުރިއަށް ނުދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރި ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީ މެންބަރުން ވިދާޅުވި އެވެ.

"ގިނަ މެންބަރުން ޝަކުވާ ކުރީ، ރަށްރަށުގައި ޕްރިޖެކްޓުތައް ނުހިނގާތީ، ހުއްޓިފައި އޮތީމަ،" މި ނޫހަށް މައުލޫމާތު ދިން މެންބަރަކު ވިދާޅުވި އެވެ.

މަޖިލީހުގައި އޮތް ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއިރު، ޕީއެންސީގެ މަޖިލިސް މެންބަރުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ވަރަށް ބޮޑަށް ވަނީ ގަދަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox