ޓެކްސް ބޮޑު ކުރުމާއެކު ބުކިން ކެންސަލް ކުރުމުން ހަރަދު ކުރީ އަމިއްލަ ޖީބުން ކަމަށް ސިޔާމް ވިދާޅުވެއްޖެ

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަހުމަދު: ޓެކްސް ބޮޑު ކޮށްގެން ބުކިންތައް ކެންސަލް ކުރާތީ އިތުރުވި ފައިސާ ދައްކަން ޖެހުނު ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަހުމަދު: ޓެކްސް ބޮޑު ކޮށްގެން ބުކިންތައް ކެންސަލް ކުރާތީ އިތުރުވި ފައިސާ ދައްކަން ޖެހުނު ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ސަރުކާރުން ޓޫރިޒަމް ސެކްޓަރުގެ ޓެކްސްތައް ބޮޑު ކުރުމުގެ ސަބަބުން ވަރަށް ގިނަ ބުކިން ކެންސަލް ކުރި ކަމަށާއި އެކަމާއި ގުޅިގެން ޓުއާ އޮޕަރޭޓަރުންނަށް ފައިސާ ދައްކަން ޖެހުނީ އަމިއްލަ ޖީބުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސިޔާމް ވިދާޅުވީ ދުރާލައި ޕާޓްނަރުންނަށް ބުކިންސް ވިއްކާފައި އޮތުމުން، ސަރުކާރުން ބޮޑުކުރި ޓެކްސްއާ އެކު އެ ފައިސާ އިތުރު ކުރަން އުޅުމުން އޮޕަރޭޓަރުން ބުކިން ކެންސަލް ކުރަން ފެށި ކަމަށެވެ.

ގިނަ ބުކިންތަކެއް ކެންސަލް ކުރަން ފެށުމާ އެކު އެންމެ ފަހުން ޖެހުނީ އެ ފައިސާއަށް އަމިއްލައަށް ޒިންމާވާން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޕަރޭޓަރުންނަށް މި އެންގީ ކަލޭމެން މި ނަގައިދޭށޭ. ސަރުކާރުން ޓެކްސް ބޮޑުކޮށްފިއޭ. ބުނީމަ އެ މީހުން މި ބުނަނީ ތިމަންނާމެން ބުކިން ކެންސަލްއޭ ކުރާނީ. ކެންސަލް ކުރި. ވަރަށް ބައިވަރު ކެންސަލް ކުރި. އެންމެ ފަހުން ކެންސަލް ކުރާލެއް ގިނަ ކަމުން ގޮސް އަޅުގަނޑުމެންނަށް އޮބި ނޯވެގެން މި ބުނީ ކީކޭ. ތި ލާރި އަޅުގަނޑުމެން އަމިއްލައަށް އޮބްޒޯވް ކުރާނަމޭ،" ސިޔާމް ވިދާޅުވި އެވެ.

އެ ޓެކްސް ފައިސާއިން 12 ވަރަކަށް މިލިއަން ޑޮލަރު އިތުރުވެގެންދާކަން ފާހަގަ ކުރައްވާ ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް އަތް ބާނާއިރު އެކަމާ މެދު ވަރަށް ވިސްނަން ޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ތެރެއަށް އަތް ބާނައި އެއާ ކުޅޭނަމަ، އެ ކުޅެވެނީ ދިވެހިންގެ މޭގަނޑާ ކަމަށް ސިޔާމް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިކަން ފިޔަވައި އާމްދަނީ ލިބޭ އެއްވެސް ދާއިރާއެއް މިދިޔަ 50 އަހަރު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރަން ސަރުކާރުން މަޖުބޫރު ކުރުމުން ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox