ވިނަރެސްގެ ޕާކިން ޖާގަތައް ވިއްކުން ހުއްޓުވައި ދޭން އެދި ޕެޓިޝަނެއް ހުށަހަޅައިފި

ވިނަރެސް ފްލެޓުތައް. -- ފޮޓޯ: އަދަދު

ވިނަރެސް ފްލެޓުތައް. -- ފޮޓޯ: އަދަދު

ވިނަރެސް ޓަވަރުތަކުން އަގުބޮޑުކޮށް ކާރު ޕާކް ކުރަން ޖާގަތައް ވިއްކުމަށް ކޮށްފައިވާ އިއުލާނު ބާތިލްކޮށް ދިނުމަށް އެދި، ވިނަރެސްގައި ދިރިއުޅޭ 400 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ނޮވެމްބަރު 25، 2024 ގައި އެޗްޑީސީން ވިއްކަން ހުޅުވައިލި 154 ޕާކިން ޖާގައަކީ ވިނަރެސް ޓަވަރުތަކުގެ އެތެރެއިން 76 ޖާގަ އަދި އެ ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކުން 78 ޖާގަ އެވެ.

އިމާރާތުގެ ތެރެއިން ޕާކިން ޖާގަ ދޫކުރުމުގެ ބީލަން ފެށޭ އަގަކީ 650،000ރ. އެވެ. އިމާރާތުގެ ބޭރުން ދޫކުރާ ޕާކިން ޖާގަތަކުގެ ބީލަން ފެށެނީ 2000ރ. އެވެ. މިތަންތަން ވިއްކައިގެން އެންމެ މަދުވެގެން 50 މިލިއަން ރުފިޔާ ލިބޭނެ އެވެ.

މާލޭގެ މަގުތަކުން ޕާކިން ޒޯނަށް ޖާގަތައް ވިއްކަން ފެށީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އެއާއެކު މާލޭގެ ޓްރެފިކް މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ އެވެ.

ހުޅުމާލޭ ފޭސް 2 ގެ އާބާދީ ބޮޑުވެ، ޕާކްކުރުމުގެ ދަތިކަން ބޮޑުވަމުން އަންނައިރު، ވިނަރެސް ފްލެޓުތަކުގެ ޕާކިން ޖާގަތައް ވިއްކާލާތީވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މިހާރު ކޮށްފައިވާ އިއުލާނު ބާތިލްކޮށް ދިނުމަށް ހުށަހެޅި ޕެޓިޝަންގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

ވިނަރެސްއިން ވިއްކާ ޕާކިން ޖާގަތަކުގެ އަގަކީ ހުޅުމާލޭގެ ޕްރިމިއަމް ސަރަހައްދުތަކުން ބިން ވިއްކާފައިވާ ރޭޓާއި އަމިއްލަ ރިއަލްއެސްޓޭޓް އިމާރާތްތަކުގެ ޕާކިން ޖާގަތަކަށް ވުރެ ވެސް ބޮޑު ރޭޓެއް ކަމަށާއި އެހެންވެ، ވިނަރެސްއިން އެޕާޓްމެންޓު ގަނެފައިވާ މަދު ބަޔަކަށް ނޫނީ ޕާކިން ޖާގަ ނުގަނެވޭނެ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.

އެހެންވެ، މިހާރު ވިއްކަން ހުޅުވާލާފައިވާ ޕާކިން ޖާގަތައް މާކެޓް ރޭޓަށް ތިރިކުރަން އެދިފައިވެ އެވެ.

ޕާކިން ޖާގަތައް އަގުބޮޑުވުމުގެ ސަބަބުން، އެތަންތަން ނުވި، ވިނަރެސްގައި ނޫޅޭ ބަޔަކަށް އެ ޖާގަތައް ވިއްކުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ޕާކިން ސްލޮޓު ދޫކުރާ އިރު ވިނަރެސްގެ ގްރައުންޑް ފްލޯގެ ކެމެރާތައް މަސައްކަތް ނުކުރާ ކަމާއި ބައެއް ބްލޮކްތަކުގައި ކެމެރާ ނެތް ވެސް ބުނެފައިވެ އެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ އިތުރު ކަންބޮޑުވުންތައް

  • ވިނަރެސް އެޕާޓުމަންޓް ވިއްކިއިރު ޓަވަރު ތަކާއި އެޕާޓުމަންޓްތަކުގެ ލޭންޑް ޔޫސް ޕްލޭންގައި މިހާރު ދިމާވެފައިވާ ބްލޮކޭޖްތަކާއި ޕާކިން ޖާގަތައް ފެންނަން ނެތުން.
  • ވިނަރެސް ޓަވަރުތަކުގެ ވޯކްވޭ އަދި ޑްރައިވްވޭ މިހާރު ވަކިކޮށްފައި ނުވުމުގެ ސަބަބުން ޑްރައިވްވޭ އަށް ވަންނަ ކާރުތަކާއި ޕާކުކުރުމަށް ވަންނަ ކާރުތަކުގެ ސަބަބުން ޑްރައިވްވޭގެ ރައްކާތެރިކަމާއި ގުޅޭގޮތުން ކަންބޮޑުވުން.
  • ސްޕީޑް ލިމިޓް ބޯޑުތައް ނެތުމާއި އަދި ބަންޕަރު ނެތުމަކީ ހިނގާ މީހުންނަށް ނުރައްކާތެރި ކަމަކަށްވުން. އެހެންކަމުން، އިމާރާތުގެ ޓަވަރުތަކަށް ވަނުމަށް ވަނުމަށް ހިނގާ ފަރާތްތަކަށް ވަކި އިންތިޒާމެއް (ވޯކްވޭ އަދި ޑްރައިވްވޭ ވަކިކުރުން) ކަނޑައަޅައި، ސްޕީޑް ލިމިޓް ބޯޑު ހަރުކޮށް ބަންޕަރު ބެހެއްޓުން.
  • ޓަވަރުތަކުގެ މައި ދޮރާއި ގާ އަތުރާފައިވާ ޕޭމެންޓްގައި ކުރަހާފައިވާ ޑްރޮޕްއޮފް ސްޓޮޕްތައް ތޮއްޖެހުން. އެހެންކަމުން، ކާރު ޕާކިން ސްޓޮޕްތައް މައި ދޮރާއި ދުރުކުރުމަށް މިހާރު ހުރި ޑިޒައިން ބަދަލުކުރުން.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox