ފިއޮރެންޓީނާގެ ބޯވް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން މެޗު ހުއްޓާލައިފި

Dec 1, 2024, 6:52 PM
ފިއޮރެންޓީނާގެ ބޯވް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން މެޗު ހުއްޓާލައިފި

ފްލޮރެންސް، އިޓަލީ (ޑިސެމްބަރު 1) - އިޓާލިއަން ލީގުގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅެނިކޮށް، ފިއޮރެންޓީނާގެ މިޑްފީލްޑަރު، އެޑޮއާޑޯ ބޯވް، ހޭނެތިގެން ދަނޑުމައްޗަށް ވެއްޓި، ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުމުން މެޗު ނުކުޅެ ހުއްޓާލައިފި އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި، ބޯވް، 22، ދަނޑުމައްޗަށް ވެއްޓުމާ އެކު، އޭނާ އަށް ނޭވާލާން އުނދަގޫވާތީ ދަނޑުމަތީގައި އޮށޯވެގެން އޮތްއިރު، ދެ ޓީމުގެ ކުޅުންތެރިން ވަނީ އަވަަހަށް މެޑިކަލް އޮފިޝަލުން އަރަން އިޝާރާތްކޮށްފަ އެވެ.

ސްޓްރެޗަރަށް ބޯވްލައިގެން އެމްބިއުލަންސްގައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުނެވެ. އަދި މިހާރު، ބޯވްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފިއޮރެންޓީނާ އޮފިޝަލުން އިޓަލީ މީޑިއާ އަށް މައުލޫމާތު ދެ އެވެ.

އިންޓައާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ބޯވް ބޯޅަ ހިފައިގެން.

އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މެޗު އިތުރަށް މިރޭ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.

އިޓަލީގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާ ހަމައަށް ހުރިހާ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ބޯވް، މި ސީޒަނުގައި ފިއޮރެންޓީނާއާ ގުޅުނީ ރޯމާ އިން ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

ފިއޮރެންޓީނާއާ ގުޅުމަށް ފަހު ބޯވް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާގެ އެއްބަސްވުން އާ ކުރަން އެ ކްލަބުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ފިއޮރެންޓީނާ އަށް ބޯވް ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކުރީ އޮކްޓޫބަރު މަހު ރޯމާއާ ދެކޮޅަށެވެ.

ތިން ވަނައިގައި އޮތް އިންޓަ އާއި ހަަތަރެއްގައި އޮތް ފިއޮރެންޓީނާ އަށް ވަނީ އެއްވަރަށް ޕޮއިންޓް ލިބިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox