އިޒްރޭލު ކުންފުނީގެ ކޮންޓްރެކްޓު ބާތިލުކޮށް އީ-ފާސް ވެރިފިކޭޝަންގެ މަސައްކަތް ލެޓްވިއާ ކުންފުންޏަކަށް

Dec 1, 2024, 3:08 PM
އިޒްރޭލު ކުންފުނީގެ ކޮންޓްރެކްޓު ބާތިލުކޮށް އީ-ފާސް ވެރިފިކޭޝަންގެ މަސައްކަތް ލެޓްވިއާ ކުންފުންޏަކަށް

އިޒްރޭލަށް ނިސްބަތްވާ ޔަހޫދީއަކު ހިންގާ ސަމް އެންޑް ސަބްސްޓެންސް (ސަމްސަބް) ޕްރައިވެޓު ލިމިޓެޑުގެ ކޮންޓްރެކްޓު ބާތިލުކޮށް، އީ-ފާސް ވެރިފިކޭޝަންގެ މަސައްކަތް ކުރަން ލެޓްވިއާ ކުންފުންޏަކަށް ދީފި އެވެ.

ހޯމްް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައިޑީކާޑު ހެއްދުން ފަދަ ދައުލަތުގެ ހިދުމަތްތައް ބޭނުން ކުރަން އިންޓަނެޓު މެދުވެރިކޮށް ފޭސް ރިކޮގްނިޝަން ކުރުމުގެ މަސައްކަތް އަލަށް ހަވާލު ކުރީ ލެޓްވިއާގެ ރެގިއުލާ ފޮރެންސިކްސްއާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއިން ބުނީ ރެގިއުލާ ފޮރެންސިކްސްއަކީ ކަމުގެ ތަޖުރިބާ ހުރި މޮޅު ކުންފުންޏެއް ކަމަށެވެ. އަދި ވެރިފިކޭޝަންގެ މަސައްކަތް ކުރާއިރު، އެއްވެސް ދިވެހި ރައްޔިތެއްގެ ފޮޓޯ އަދި މައުލޫމާތު ބޭރުގެ އެއްވެސް ފަރާތަކަށް ނުލިބޭނެ ކަމަށް އެންސީއައިޓީއިން ބުނެ އެވެ.

"މިކަން ހިގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫން ވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެންސީއައިޓީގެ އެތެރޭގަ. ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާ އާއި އެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ގާބިލް އަދި ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ގައުމުތަކަށް ވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެއް،" އެ ބަޔާނުގައިވެ އެވެ.

ސަމްސަބުގެ ބަދަލުގައި އެހެން ކުންފުންޏަކަށް އީ-ފާސް ވެރިފިކޭޝަންގެ މަސައްކަތް ހަވާލު ކުރާނެ ކަމަށް އެންސީއައިޓީއިން ވަނީ ޖޫން، 2024، ގައި ބުނެފަ އެވެ. އެ ކުންފުނީގެ އަތުން މަސައްކަތް އަތުލާނެ ކަމަށް ބުނީ އެއީ އިޒްރޭލަށް ނިސްބަތްވާ ކުންފުންޏަކަށްވާތީ އަމާޒުވި ފާޑުކިޔުންތަކާއެކު އެވެ.

ސަމްސަބްއަކީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ރަޖިސްޓްރީކޮށްފައި އޮންނަ ކުންފުންޏެވެ. ނަމަވެސް އެ ކުންފުނި ހިންގަނީ ޔަހޫދީންނެވެ. އެ ކުންފުނީގެ ވެރިން، އެންޑްރިއު ސެވާ، ޕީޓާ ސެވާ ޖެކޮބް ސެވާ އަދި ވިޔާޗެސްލާވް ޒޮލުޑެވް އަކީ ރަޝިޔާއަށް ނިސްބަތްވާ ޔަހޫދީންނެވެ. ނަމަވެސް ފަހުން އިޒްރޭލު އަދި ޔޫރަޕުގެ ބައެއް ގައުމުތަކަށް އެމީހުން ހިޖުރަ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox