ޑިސެމްބަރު 15، އިން ޑިސެމްބަރު 30، އަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދަނީ

ކްރިމިނަލް ކޯޓުގެ އިމާރާތް : ޑިސެމްބަރު 15، އިން 30، އަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓުގެ އިމާރާތް : ޑިސެމްބަރު 15، އިން 30، އަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

މި މަހުގެ 15، އިން 30، އަށް ރިސެސްއަށް ދިޔުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު މަހު އެއްކޮށް ރިސެސްއަށް ނުދާން ނިންމީ، އެ ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

އެގޮތުން މިހާރު ވެސް އެ ކޯޓުގައި އަޑުއެހުންތައް ބާއްވަނީ ޝަރީއަތްކުރާ މާލަންތައް އެކި ދުވަހު އެކި ގާޒީންނަށް ބަހާލައިގެން ކަމުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ނުބޭއްވޭކަން ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިސެސްއަށް ދާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ހާއްސަ ބައެއް މަސައްކަތްތައް ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެގޮތުން، ކޯޓުގެ އިމާރާތް ބަދަލުކުރުމުގެ މަސައްކަތާއި ބަންދުގެ އަޑުއެހުންތަކާއި ކޯޓު އަމުރު ދޫކުރުމުގެ އިތުރުން ހޭބިއަސް ކޯޕަސް އަމުރުތަކާއި މުދާ ދޫކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކާއި މައްސަލަތައް ނިންމަން މުއްދަތެއް ކަނޑައަޅާފައިވާ މައްސަލަތަކުގެ މަސައްކަތް މި މުއްދަތުގައި ކްރިމިނަލް ކޯޓުން ކުރާނެ އެވެ.

ދަތިތަކާއެކު ވެސް މި އަހަރު ނޮވެމްބަރުގެ ނިޔަލަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ވެސް ކްރިމިނަލް ކޯޓުން މިއަދު ވާނީ އާންމުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މި އަހަރު ނޮވެމްބަރުގެ ނިޔަލަށް ކުރި މަސައްކަތްތައް

  • 7958 ގަޒިއްޔާގެ އަޑުއެހުން ތާވަލުކުރި.
  • 515 ގަޒިއްޔާ ކޯޓުން ނިންމި.
  • 2615 މީހުންގެ ބަންދާ މެދު ގޮތެއް ނިންމި.
  • 2043 ތަފާތު އެކި ކޯޓު އަމުރު ދޫކުރި.

ކްރިމިނަލް ކޯޓުން ރިސެސްއަށް ދާން ނިންމާފައިވާއިރު، މިއަދުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހައިކޯޓުވެސް ވަނީ ރިސެސްއަށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox