ކޮނާޓޭ އަށް އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލޭނެ

Nov 30, 2024, 5:49 AM
ކޮނާޓޭ އަށް އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލޭނެ

ލިވަޕޫލް (ނޮވެމްބަރު 30) - ލިވަޕޫލަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު، އިބްރާހިމާ ކޮނާޓޭ އަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް ހުރި މެޗުތައް ގެއްލޭނެ ކަަަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮނާޓޭ، 25، އަށް އަނިޔާވީ، ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި، ރެއާލް މެޑްރިޑް އަތުން 2-0 އިން މޮޅުވި މެޗުގަ އެެވެ. ރެއާލަށް ކުޅޭ ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކުރި ފައުލަކުން ކޮނާޓޭގެ ފަޔަށް ވަނީ އަނިޔާވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، 2-3 ހަފްތާގެ މުއްދަތެއްގައި ކޮނާޓޭ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ޑިސެމްބަރު މަހު ލިވަޕޫލުން ނުވަ މެޗު ކުޅެން ޖެހޭއިރު، ކޮނާޓޭ އަށް އެންމެ ފުރަތަމަ ގެއްލޭނެ މެޗަކީ، މާދަމާރޭ ލީގުގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗެެވެ.

ކޮނާޓޭ ބުނީ، ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަނިކޮށް އަނިޔާގެ މައްސަލަ ދިމާވުމަކީ މާޔޫސްކަމެއް ނަމަވެސް ޓީމަށް އެހީތެރިވެވެން އޮތް ގޮތަކަށް އެކަން ކުރުމުގެ އިތުރުން، ކުރިއަށް ހުރި ދުވަސްތަކުގައި ރިކަަވަރީ އަށް މަސައްކަތްކޮށް ވަރުގަދަ އަށް އެނބުރި އަންނަން ބޭނުންވާ ކަމަށެވެ.

އާރްބީ ލައިޕްޒިގުން 2021 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ކޮނާޓޭ އަކީ މި ސީޒަނުގައި ލިވަޕޫލާ ހަވާލުވި ނެދަލެންޑްސްގެ ކޯޗު އާނާ ސްލޮޓްގެ އިތުބާރު ހޯދާފައިވާ ކުޅުންތެރިއެކެެވެ. ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ޑިފެންސިވް ޕާޓްނާޝިޕެއް މި ސީޒަނުގައި އޮތް ލިވަޕޫލްގެ ގިނަ މެޗުތަކުގައި އެއްކޮށް ކުޅުނީ ކެޕްޓަން، ވާޖިލް ވެން ޑައިކާ އެކު ކޮނާޓޭ އެވެ. އެކަމަކު، ކޮނާޓޭގެ މި އަނިޔާއާ އެކު، ވެން ޑައިކާ އެކުގައި، ދެން ފަހަތަށް ކުޅޭނީ ޖަރަލް ކުއަންސާ ނޫނީ ޖޯ ގޯމޭޒް އެވެ.

ލިވަޕޫލް މި ވަގުތު އޮތީ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގަ އެވެ. އަދި ލީގު ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox