ޔުނައިޓެޑާ އެކު އަމޮރިމްް އަށް ފުރަަތަމަ މޮޅު، ރޯމާ އާއި ޓޮޓެންހަމް ފަހު ވަގުތު އެއްވަރު

Nov 29, 2024, 4:48 AM
ޔުނައިޓެޑާ އެކު އަމޮރިމްް އަށް ފުރަަތަމަ މޮޅު، ރޯމާ އާއި ޓޮޓެންހަމް ފަހު ވަގުތު އެއްވަރު

މެންޗެސްޓާ (ނޮވެމްބަރު 29) - ޔޫރޮޕާ ލީގުގައި ރޭ ބޯޑޯ/ގިލްމްޑް 3-2 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އާ ކޯޗު ރުބެން އަމޮރިމްއާ އެކު ފުރަތަަމަ މޮޅު ހޯދިއިރު، ރޯމާ އިން ފަހު ވަގުތު ލަނޑު ޖަހައި، 2-2 އިން ޓޮޓެންހަމް ހޮޓްސްޕާއާ އެއްވަރުކޮށްފި އެވެ.

އަމޮރިމްގެ ފުރަތަމަ މެޗުގައި، އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ވީ އެއްވަރެވެ. އެ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް ފުރަތަމަ މިނިޓްގައި ޔުނައިޓެޑުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އަލެހަންދްރޯ ގާނާޗޯ އެވެ. އެކަމަކު، ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި، ބޯޑޯ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެެވެ. މި ލަނޑުތައް ޖެހީ، ހަކޯން އެވްޖެން އާއި ފިލިޕް ޒިންކަނާޖެލް އެވެ.

ޔުނައިޓެޑުން ވަނީ އަނެއްކާ ވެސް ނަތީޖާ އަނބުރާލައި މެޗުން މޮޅުވެފަ އެވެ. ޔުނައިޓެޑްގެ ދެ ލަނޑު ޖެހީ ރަސްމުސް ހޮއިލުންޑް އެެެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ ކުރީގެ ކޯޗު އެރިކް ޓެން ހާގް ހަވާލުވެހުރިއިރު، އެއްވަރުވެފަ އެވެ. ދެން ކުޅުނު ދެ މެޗުން ޔުނައިޓެޑް މި ވަނީ މޮޅުވެ، ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައި 12 ވަނަ އަށް ޖެހިލައިފަ އެވެ.

ޓޮޓެންހަމް އިން ރޭ ސޮން ހެއުން މިންގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު، އިވާން އެންޑިކާ ވަނީ ރޯމާ އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަަނަ ފަހަރަށް ޓޮޓެންހަމް އިން ލީޑުނެގީ ބްރެނަން ޖޯންސަން ޖެހި ގޯލުންނެވެ.

މެޗުން، ޓޮޓެންހަމް މޮޅުވާން ދަނިކޮށް އިތުރު ވަގުުތުގައި ރޯމާ އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިިދިނީ، ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު، މެޓްް ހަމެލްސް އެވެ. މިއީ، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ހަމެލްސް ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox