ލ. މާމެންދޫގައި އެކަށީގެންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭތީ ފެނުގެ ހިދުމަތް ވެސް ނުލިބޭ

ލ. މާމެންދޫ: މާމެންދޫގައި އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ނުއުފެއްދޭތީ ފެނުގެ ހިދުމަތް ނުލިބޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ލ. މާމެންދޫ: މާމެންދޫގައި އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ނުއުފެއްދޭތީ ފެނުގެ ހިދުމަތް ނުލިބޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ލ. މާމެންދޫގައި އެކަށީގެންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭތީ ފެނުގެ ހިދުމަތް މެދުކެނޑިފައި ހުންނަތާ މަހެއްހާ ދުވަސްވެއްޖެ އެވެ.

މާމެންދޫ ކައުންސިލުގެ ރައީސް ހަސަން ރަމީޒު ވިދާޅުވީ ރަށުގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި މީގެ ތިން ދުވަހެއް ކުރިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށްފަހު މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފެށީ އިއްޔެ ހަވީރުން ފެށިގެން ކަމަށެވެ.

"މައްސަލަ އެއްކޮށް ހައްލެއް ނުވޭ. ކަރަންޓުގެ ހިދުމަތް ދޭން ފެށީ އިއްޔެ ހަވީރު. ފެނުގެ ހިދުމަތް އަދިވެސް ނުލިބޭ. މަހެއްހާ ދުވަސް ވެދާނެ ނުލިބޭތާ،" ހަސަން ރަމީޒު ވިދާޅުވި އެވެ.

މާމެންދޫ ފެނަކައިގައި މަސައްކަތް ކުރާ އޮފިޝަލަކު ބުނީ ކަރަންޓުގެ މައްސަލައަށް މިވަގުތު ގެނެސްފައި ވަނީ ވަގުތީ ހައްލެއް ކަމަށާއި ލޯޑު ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ނުއުފެއްދޭ ކަމަށެވެ.

އެގޮތުން އެންމެ ޖެނަރޭޓަރަކަށް ވެސް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މުޅި ރަށުން ކަރަންޓުގެ ހިދުމަތް ދާނެ ކަމަށާއި ފެނުގެ ހިދުމަތް މެދުކެނޑިފައި ހުރީ ވެސް އޭގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"ފެނުގެ ހިދުމަތް މެދުކެނޑިފައި އެއިނީ މިވަގުތު މިތަނުގައި ހުރި ޖަންކްޝަންތަކުގައި ހުރިހާ އެއްޗެއްގެ ބޭނުން ކޮށްފައި ރަށަށް ދެވޭ ވަރަށް ކަރަންޓުގެ ހިދުމަތް ދެވޭ ވަރަށް ބާރު ނެތީމަ،" މައުލޫމާތު އެނގޭ އޮފިޝަލް ބުންޏެވެ.

މާމެންދޫގައި މިހާރު ބޭނުން ކުރަމުން އަންނަނީ 400 ކިލޯ ވޮޓުގެ ދެ ޖެނެރޭޓަރާއި 260 ކިލޯ ވޮޓުގެ ޖެނެރޭޓަރެކެވެ.

އޭނާ އިތުރަށް ބުނީ މާމެންދޫގައި ފެން ޕްލާންޓަކާއި، އައިސް ޕްލާންޓަކާއި، ބައިވަރު އެކި މެޝިންތައް ހުރުމުން އެ ތަކެއްޗަށް ފުރިހަމައަށް ކަރަންޓު ދިނުމަށް މަދުވެގެން 800 މެގަވޮޓްގެ ޖެނަރޭޓަރެއް ބޭނުންވާ ކަމަށެވެ.

ޖެނަރޭޓަރު ނުލިބި ލަސްވަނީ ސްޓޮކް ނެތިގެންކަން ފާހަގަކޮށް އޮފިޝަލް ބުނީ ވީހާވެސް އަވަހަށް ޖެނަރޭޓަރެއް ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން އެކަމަށް ފެނަކައިގެ ހެޑް އޮފީހުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox