ހާލަތު ގޯސް، މި ނުކުތީ ރައީސް މުއިއްޒު ހަމަމަގަށް އެޅުވުމަށް: ޝިފާޒު

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

މި ސަރުކާރުން ރައްޔިތުންގެ މާލިއްޔަތަށް އިހުމާލު ވަމުންދާ ކަމަށާއި އެކަން ހުއްޓުވައި ހަމަގަށް އެޅުވުމުގައި އެންމެ އައުލާކަން ބޮޑު ބަޔަކީ ދަ ޑިމޮކްރެޓްސް ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ކަންމަތީ ޖަލްސާތައް ރޭ ވަނީ ފަށައިފަ އެވެ.

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި، އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް އަދި އެމްޑީޕީގެ ނައިބު ރައީސްކަމުގައި އޭރު ހުންނެވި ޝިފާޒު ވިދާޅުވީ ގައުމުގައި މިހާރު އޮތް މާލީ ތާށިކަން ކުރިމަތިވި އެއް ސަބަބަކީ ބަޖެޓުގައި ނެތް ފައިސާ ހަރަދުކުރުން ކަމަށާއި، އަންނަ އަހަރު ޖޫން ޖުލައި އާ ހަމައަށް ދާއިރު ހާލަތު ގޯހުން ގޯހަށް ގޮސް، ކުރާނެ ކަމެއް ނޭނގި ތިބޭނީ "ހަތަރު އަނގޮޅިއެއްގައި" ކަމަށެވެ.

"މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ބަޖެޓުގައި ނެތް ފައިސާ، 37 މިލިއަން ޑޮލަރު ހަރަދުކުރުން. ދެން ބަލަންޖެހޭނީ އެއީ ކޮންމެހެން އޭރު ކުރައްވަންޖެހޭ ކަމެއްތޯ. ކޮބައިތޯ އެއީ ކުރެވޭ ބޭނުމަކީ. ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓޭތޯ. އެކަން ވޭތޯ. އޭގެން ތޯ އެކަން ކުރަނީ،" ޝިފާޒު ވިދާޅުވި އެވެ.

ތުރުކީން ރާއްޖެ ގެނެސްފައިވަނީ ތިން ޑްރޯން އެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭގެ ގިނަ ބައިތަކެއް ތުރުކީ ސަރުކާރުން ދިނީ ހިލޭ ކަމަށެވެ.

އެ ޑްރޯންތައް ގަތުމަށް 37 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް ބުނާއިރު، އެއީ އަސްލު އަގުތޯ ޝިފާޒު ވެސް ސުވާލު އުފެއްދެވި އެވެ.

މި ސަރުކާރުގެ އެފަދަ މުއާމަލާތްތައް ސިއްރުކުރުމުގެ ސަބަބުން އެ ކަންކަމުގެ ފަހަތުގައި ހިޔާނާތުގެ ފައިސާ ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ނަމަވެސް އެކަން ބަލައި ތަހުގީގުކުރާނެ ބަޔަކު ނެތުމަކީ ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރި ނަމަވެސް، މާލިއްޔަތަށް ވަމުންދާ އިހުމާލާއި ދައްކަންޖެހޭ ދަރަނި ގިނަވުމުން އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު، ޒަރޫރީ ބޭނުންތަކަށް ހަރަދު ކުރުމަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކޮންމެ މަހެއްގައި މުސާރަ ދެވޭ ކަމަށާއި، އަންނަ އަހަރު އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މުސާރަ ދެވޭނެ ވަރުވެސް ނުހުންނާނެ ކަމަށް ޝިފާޒު ލަފާކުރައްވަ އެވެ.

މިފަދަ ހާލަތަކަށް ރާއްޖެ ވެއްޓޭއިރު މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ތެދުވުމުގެ އެންމެ އައުލާކަން ބޮޑު އެއް ބަޔަކީ ޑިމޮކްރެޓުންކަން އޭނާ ގަބޫލު ކުރައްވަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެންނެވުމަށް އެ ޕާޓީގެ ބައެއް މެންބަރުން މަސައްކަތް ކުރި އެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި އަބަދު އުޅުމުގެ ޒިންމާއެއް އެބަ އޮތް. އެހެންވެ ޑރ. މުއިއްޒަށް ދަންނަވަންޖެހޭ، ޑރ. މުއިއްޒޭ އެ މަސައްކަތް ކުރުމުގެ އެންމެ އައުލާކަން ބޮޑީ އަޅުގަނޑުމެންނޭ. އެހެންވެ އަޅުގަނޑުމެން މި ނުކުންނަނީއޭ. އެހެންވީމާ ޑރ. މުއިއްޒު ތިޔަ ކުރައްވާ ބޭއަދަބީ، ބޭއިހުތިރާމު ރައްޔިތުންނަށް ކުރިމަތިކުރުވައިގެން ކުރައްވާ ކަންކަން ހަމަ މަގަށް އެޅުވުމަށް. ހާއްސަކޮށް ރައްޔިތުންގެ މާލިއްޔަތަށް ތިޔަވާ އިހުމާލު،" ޝިފާޒު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހަރަދުތައް ހަމަޖައްސަން ދަރަނީގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ހޯދަން ހޯދަން ޖެހޭއިރު، އެ ފައިސާއާއެކު ފިނޭންސުން އަންދާޒާކުރަނީ 2025 ނިމޭއިރު ޖުމްލަ ދަރަނި ހުންނާނީ 149.9 ބިލިއަން ރުފިޔާގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox