ކަނޑައެޅި ތާރީހުތަކަށް ނުވި، އާ ޓާމިނަލްގެ އެއްވެސް ބައެއް މި އަހަރު ނުހުޅުވޭ

ވެލާނާ އެއާޕޯޓުގެ ޓާމިނަލް. -- ފޮޓޯ: އަދަދު

ވެލާނާ އެއާޕޯޓުގެ ޓާމިނަލް. -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ސެޕްޓެމްބަރު މަހަށް ނިންމައި ނުހުޅުވުމުން، ދެން ކަނޑައެޅީ އެ ޓާމިނަލްގެ ބައެއް ނޮވެމްބަރު މަހު ހުޅުވައި ބޭނުން ކުރަން ފެށުމަށެވެ. ނަމަވެސް، މި އަހަރުތެރޭގައި އާޓާމިނަލްގެ އެއްވެސް ބައެއް ނުހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އާ ޓާމިނަލް އެއްކޮށް ނުހުޅުވުނަސް، ޓާމިނަލްގެ ބައެއް މިއަހަރު ހުޅުވުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށާއި "އެކަން ކުރެވެން އެބައޮތް" ކަމަށެވެ.

ނަމަވެސް، އެކަން ކުރެވެން ނެތް ސަބަބެއްގެ ގޮތުގައި ޝަރީފު ވިދާޅުވީ ރާއްޖެއަށް އަންނަ އެއާލައިންތައް ތަމްސީލުކުރާ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އާ ޓާމިނަލްގެ ބައެއް ވިޔަސް މި އަހަރު ނުހުޅުވަން އެދިފައި އޮތުމެވެ.

އެއީ ޔޫރަޕަށް ފިނި މޫސުމުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ދިމާވެދާނެ މައްސަލަތަކުން ސަލާމަތް ވުމަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މި ބޭފުޅުން މިހެން ވިދާޅުވާ އެއް ސަބަބަކީ. މިސާލަކަށް މިކޮޅުން މައްސަލައެއް ދިމާވެގެން ދޮޅު ގަޑިއިރު ޑިލޭއެއް ވީ ދުބާއީ އިން ޔޫރަޕަށް ހުރި ހުރިހާ ކަނެކްޝަން ފުލައިޓުތައް. އެބޭފުޅުންނަށް އެކަމުގަ މައްސަލައެއް ދިމާވެދާނެތީ،" ޝަރީފު ވިދާޅުވި އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް މި އަހަރު ޓާމިނަލް ނުހުޅުވޭތީވެ އެކަމުގައި އެ މަނިކުފާނާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ޝަރީފު ވިދާޅުވި އެވެ.

ނިމިފައި ވަނީ 85 ޕަސެންޓު، ހުޅުވޭނީ ޖޫން، ޖުލައިގައި

އާ ޓާމިނަލުގެ 85 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ އަހަރު ޖޫން ނުވަތަ ޖުލައި މަހު އާ ޓާމިނަލް ހުޅުވޭނެ ކަމަށް ޝަރީފު ވިދާޅުވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް ކުރިއަށްދަނީ : މި މަޝްރޫއު ނިމޭނީ އަންނަ ޖުލައި އަށް ---- ފޮޓޯ: އަދަދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް ކުރިއަށްދަނީ : މި މަޝްރޫއު ނިމޭނީ އަންނަ ޖުލައި އަށް ---- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް ކުރިއަށްދަނީ : މި މަޝްރޫއު ނިމޭނީ އަންނަ ޖުލައި އަށް ---- ފޮޓޯ: އަދަދު

ނަމަވެސް، އާ ޓާމިނަލް އަންނަ އަހަރު ހުޅުވުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމާއި އެންމެ ލަސްވެގެން ވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވީއައިއޭ ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމުމަކީ އަމާޒެއް ކަމާއި އެކަން ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވިދާޅުވި އެވެ.

"ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުތަކުން އެނގިގެން ދަނީ އެއާޕޯޓު ނެތް ކަމަށް އަވަހަށް ނިމޭކަށް. މިއަންނަ އަހަރު ވެސް ނިމި ދެން އަންނަ އަހަރުގެ ޖުލައި އަށް, 2025 ގެ ޖުލައިއަށް ނިމެނީ. އެއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އިގްތިސޯދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި," އޮކްޓޯބަރު 29، 2024 ދުވަހުގެ ރޭ އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ތާރީހަށް އެއާޕޯޓުގެ މަސައްކަތް ނުނިންމުނެވެ.

މި އަހަރުގެ ޖޫން މަހު ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތްތައް ނިންމޭނީ ޖުލައި 2025 ގައި ކަމަށެވެ. މިއީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން ވެސް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނިންމޭނެ ކަމަށް ބުނި ތާރީހެވެ.

ނަމަވެސް އާ ޓާމިނަލް ހަ އެއިރޯ ބްރިޖު އެއްކޮށް ހުޅުވުމުގެ ބަދަލުގައި ތިން އެއިރޯ ބްރިޖާއެކު އެއާޕޯޓުގެ ބައެއް މި ނޮވެމްބަރު މަހު ހުޅުވުމަށް މަސައްކަތް ކުރި އެވެ. އެކަން ވެސް މިހާރު ނުވާނެ ކަމަށް އެމްއޭސީއެލްއިން ކޮމިޓީގައި ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox