ތިން އަހަރަށް ފަހު ޗައިނާގެ ސަފީރު ވާން ލިޖިން އެނބުރި ގައުމަށް

ޗައިނާގެ ސަފީރު ވާން ލިޖިން، ފޮރިން މިނިސްޓަރު ހަލީލުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ސަފީރު ވާން ލިޖިން، ފޮރިން މިނިސްޓަރު ހަލީލުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ސަފީރުކަމުގެ ދައުރުހަމަކުރައްވާ އެނބުރި ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދިވެހި ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާގެ ސަފީރު މިއަދު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. ނަމަވެސް ލިޖިން އެނބުރި ގައުމަށް ފުރާވަޑައިގަންނަވާ ތާރީހެއް ނޭނގެ އެވެ.

މިއަދުގެ ބައްދަލުވުމުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭ ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީރު ކުރެއްވި މަސައްކަތަށް މިނިސްޓަރު ހަލީލު ޝުކުރު އަދާކުރެއްވި ކަމަށް ހާރިޖިއްޔާއިން ބުންޏެވެ. އަދި ސަފީރުގެ ފަރާތުން ލިބުނު އެހީތެރިކަަމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރެއްވި ކަމަށްވެ އެވެ.

ބައްދަލުވުމުގައި ލިޖިންވެސް ވަނީ އޭނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިން އަދި ދިވެހި ސަރުކާރުން ދިން އެހީތެރިކަމާއި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި، ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި، ދެބޭފުޅުން އިތުރަށް ކުރެއްވި މަޝްވަރާގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށުނު އަދި ކުރިއަށްދާ މަޝްރޫއުތައް ފާހަގަކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް ލިޖިން އައްޔަން ކުރެއްވި ކަމުގެ ރަސްމީ ފަތްކޮޅު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެރުއްވީ ސެޕްޓެމްބަރު 6، 2021 ގަ އެވެ.

މައި ސަރުކާރުގެ މަޝްވަރާނެތި ހާރިޖީ ނިންމުންތައް ނިންމުމުގެ ބާރާއެކު އައްޔަންކުރި ލީޖިން ވޭތުވެދިޔަ ރާއްޖެ-ޗައިނާ ގުޅުން ދެމެހެއްޓުމުގެ އެންމެ އިސް އެއް މޭސްތިރިޔަށެވެ.

އެގޮތުން މިދިޔަ ސަރުކާރުން ޗައިނާއާ ވާދަވެރި އިންޑިއާއެކު ބޭއްވި ގާތް ގުޅުމާއި މި ސަރުކާރުން ޗައިނާއާއެކު ބާއްވާ ގާތް ގުޅުމުގެ ތެރެއިންވެސް ލީޖިން ވަނީ އެ ގައުމުގެ އަމާޒުތަކަށް ވާސިލްވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އޭނާގެ ބަދަލުގައި ޗައިނާއިން ރާއްޖެއަށް ދެން ކަނޑައަޅާ ސަފީރަކު އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާގެ އިތުރުން އިންޑިއާއިންވެސް ދަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދަލުކުރުމުގެ މަސައްކަތް ފަށާފަ އެވެ. ނޮވެމްބަރު 10، 2021 ގަ އައްޔަންކުރި މުނޫ މަހާވަރުގެ ބަދަލުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރަކީ ޖީ ބަލަސުބްރަމަނިއަން އެވެ. އިންޑިއާ ސަރުކާރުން އެކަން އިއުލާނުކުރީ އިއްޔެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox