ރައީސްގެ ދެކަނބަލުން އާރަށަށް ވަޑައިގެންނެވި އަދަދު ނޭނގޭ ކަމަށް ރައީސް އޮފީހުން ބުނެފި

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާ ބޭފުޅުންނަށް ހާއްސަކޮށްފައި އޮންނަ ދައުލަތުން ހަރަދުކުރާ ކ. އާރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ދަތުރުތަކުގެ އަދަދާއި ތަފުސީލު ނޭނގޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް މި ވީ އަހަރުގެ ތެރޭގައި، ރައީސްގެ ދެކަނބަލުން އާރަށަށް ވަޑައިގެންނެވީ ކިތައް ފަހަރުތޯ ސާފުކުރުމަށް މި ނޫހުން ރައީސް އޮފީހުގައި އެދުނީ ނޮވެމްބަރު 18، ގަ އެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ރައީސް އޮފީހުން ޖަވާބު ދީފައިވަނީ މިއަދު އެވެ.

އެ އޮފީހުން ބުނީ، ރައީސް އަދި އަނބިކަނބަލުން ސާޖީދާ އާރަށަށް ކުރައްވާ ދަތުރުގެ މައުލޫމާތަކީ އެ އޮފީހުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި، އެ މައުލޫމާތު އެ އޮފީހުގައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން، މި ވެރިކަމުގައި ދައުލަތުގެ ބަޖެޓުން އާރަށަށް ކޮށްފައިވާ ހަރަދުގެ ތަފުސީލަށް ވެސް މި ނޫހުން ވާނީ އެދިފަ އެވެ. ނަމަވެސް, ރައީސް އޮފީހުން ވަނީ އެ މައުލޫމާތު ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީން ކަމަށް ބުނެ އާރުޓީއައި ގެ އެ ބައި ޑިފެންސަށް ޓްރާންސްފާ ކޮށްފަ އެވެ.

ރައީސްގެ ދެކަނބަލުން އާރަށަށް ގިނަ އަދަދަކަށް ދަތުރުކުރާ ކަމަށާއި އެ ރަށަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް މި ފަހުން އަޑުފެތުރުނެވެ.

މި އަޑުތަކާ ގުޅިގެން އޮކްޓޯބަރު 30، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ނޫސްވެރިޔަކު ވަނީ ސުވާލު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އެގޮތުން ވިދާޅުވީ، އާރަށަށް ވަޑައިގަތުމަކީ ރައީސުންނަށާއި ރައީސުންގެ އަނބިކަނބަލުންނަށް ލިބިދޭ އިހުތިޔާރެއް ކަމަށެވެ. އަދި އެ ރަށުގައި ވަޒީރުންނާ އެކު ބައްދަލުވުންތައް ބޭއްވުމަކީ ވެސް ލިބިފައި އޮތް އިހުތިޔާރެއް ކަމުގައި ހީނާ އެދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox