މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތުން އެއް ވަނައަށް ދިޔަ ޑިޒައިންތައް ހެދީ އޭއައި ބޭނުންކޮށްގެން ކަމަށް ބުނުމުން ރިވިއު ކުރަނީ

މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ޑިޒައިންތައް -- ފޮޓޯ: އެޗްޑީސީ

މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ޑިޒައިންތައް -- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސ) އިން އިންތިޒާމު ކުރި މޮނިއުމެންޓު ޑިޒައިންކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ހުށަހެޅުންތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އެ ޑިޒައިންތައް ރިވިއު ކުރަން ފަށައިފި އެވެ.

އެޗްޑީސީން މިއަދު މިއަދު ކުރި އިއުލާނެއްގައި ބުނީ ޑިޒައިންތައް ރިވިއު ކުރަނީ މުބަރާތުން އެއްވަނައަށް ހޮވުނު ހުށަހެޅުމަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުން ފާޑުކިޔަމުން ދާތީ ކަމަށެވެ.

"ދެންނެވުނު މުބާރާތުން އެއްވަނައަށް ދިޔަ މޮނިއުމެންޓު ޑިޒައިންތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން އެ ޝަކުވާތައް އިތުރަށް ބަލައި ބަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުން އަންނަ ވާހަކަ ދަަންނަވަން،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން އިންތިޒާމު ކުރީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓަން އެ ކޯޕަރޭޝަނުން ނިންމާފައިވާ މޮނިއުމެންޓުތަކަށް ޑިޒައިންތަކެއް ހޯދުމަށެވެ. އެޗްޑީސީން އެ މުބާރާތް އިއުލާނު ކުރީ ސެޕްޓެމްބަރު 24، ގަ އެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ މުބާރާތުގެ ސުންގަޑި ހަމަވިއިރު، ޑިޒައިން ހުށަހެޅީ ޖުމުލަ ހަތް ފަރާތަކުން ކަމަށެވެ. އަދި އެ ހުށަހެޅުންތަކަށް ބަލައި ވަނަ ދިނީ އެޗްޑީސީގެ ޕްރޮފެޝަނަލް ސްޓާފުންގެ ޕެނަލަކުން އިވެލުއޭޓު ކުރުމަށްފަހު ކަމަށެވެ.

އެޗްޑީސީން ބޭއްވި މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނީ އަބްދުﷲ ޝައިމާން ވަހީދު އާއި އިބްރާހިމް އިފާޒްގެ ޓީމް އާކޯސް އެވެ.

"މި މުބާރާތުގެ މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއަށް މި ކޯޕަރޭޝަނުން ކުރަމުން އަނަން މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމުގައި ވާތީ، މިފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަކަށް މި ކޯޕަރޭޝަނުން އަމަލު ނުކުރާނެ ވާހަކަ ވެސް ދެންނެވިން،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox