އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން ފަލަސްތީނު އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ހޯދަން ޖެހޭ: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު : އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން ފަލަސްތީނާއި އަރަބި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ހޯދަން ޖެހޭ ކަމަށް ---- ފޮޓޯ: އަދަދު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު : އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން ފަލަސްތީނާއި އަރަބި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ހޯދަން ޖެހޭ ކަމަށް ---- ފޮޓޯ: އަދަދު

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މީގެ ފަސް މަސްދުވަސް ކުރިން ހުށަހެޅި ބިލާމެދު ގޮތެއް ނިންމުމުގެ ކުރިން ފަލަސްތީނާއި އަރަބި ގައުމުތައް އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ވެސް ހޯދަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ބިލުގެ ކޮމިޓީ މަސައްކަތުގެ ތެރެއިން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ، މި މައްސަލަ އަކީ އަވަސް އަރުވާލައިގެން ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މި ބިލާ ގުޅިގެން ބޮޑު ދިރާސާއެއް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގަ ފަލަސްތީނުގެ ބަހެއް. އެ ގައުމުގަވެސް ވެރިން އެބަތިބި ކަމާ ގުޅުންހުރި އިދާރާތައް އެބަހުރި. ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރުމުން އެބޭފުޅުންނަށް އެ ގައުމަށް މިކަމުގަ ކިހާ މަންފާއެއް ފައިދާއެއް ހުރިތޯ. އެބޭފުޅުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް އުފާވެރިކަމެއް އޮތްތޯ،" އޭނާ ވިދާޅުވި އެވެ.

"އަދި، އަރަބި އެހެން ގައުމުތަކާ ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފަޔާ މަޝްވަރާ މިކަމުގެ ހޯދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

މީގެ އިތުރުން، އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މި ބިލަކީ ސިޔާސީ ގޮތުން ފައިދާތަކެއް ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރާ ކުރުން ފަލާހުވެސް ވަނީ މިއަދު ތަކުރާރުކުރައްވާފަ އެވެ. އަދި އެ ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމްޑީޕީން މި ބިލު ހުށަހަޅާފައިވަނިކޮށް ސަރުކާރުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކެބިނެޓުން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. ބިލު ކޮމިޓީއަށް ފޮނުވީ މި ނިންމުމަށް 10 ދުވަސް ވެސް ނުވަނީހެވެ.

އެ ބިލުގެ ކޮމިޓީ މަސައްކަތް ފެށީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވިތާ ފަސް މަސް ފަހުންނެވެ. އޭރު ނިންމީ އަންނަ ފެބްރުއަރީގެ ނިޔަލަށް ކޮމިޓީ މަސައްކަތް ނިންމުމަށެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވާ ހާޒިރުކުރުމަށް ވެސް ނިންމި އެވެ. ނަމަވެސް އެ މަސައްކަތްތައް އަވަސް ކުރުމަށް އިއްޔެ ވަނީ އަލުން ނިންމާފަ އެވެ.

ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ. ކޮމިޓީގެ މަސައްކަތް އަންނަ އަހަރާ ހަމައަށް ދިގުދަންމާލުމާއެކު މި ފާޑުކިޔުންތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ބިލުގެ މަސައްކަތް ލަސްވެފައިވަނިކޮށް، އޮކްޓޯބަރު 16، ގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ބަޔާން ނެރެފަ އެވެ. އެ ބަޔާން ނެރުމުން، އެ ބިލު ހުށަހެޅުއްވި މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޕީއެންސީން ބަޔާން ނެރުނީ ރައްޔިތުންނަށް މަލާމާތް ކުރަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox