ސިއްހީ އިންޝުއަރެންސުން ދައުލަތަށް ވަނީ ހަރަދުކުޑަ، ޕެޓިޝަން ހުށަހެޅީ މެންބަރުންނާމެދު ފިތުނަ އުފައްދަން: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވާ، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވާ، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ސިއްހީ އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މެންބަރުންނާމެދު ފިތުނަ އުފައްދައި މެންބަރުންގެ އަގު ވައްޓައިލުމަށް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމާ ދެކޮޅަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި 7225 މީހުން ސޮއިކޮށްފައިވެ އެވެ.

އެ ޕެޓިޝަނާ ގުޅޭގޮތުން ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ފަލާހު ވިދާޅުވީ އާސަންދައިގެ ބަދަލުގައި މެންބަރުންނަށް މިހާރު ކަނޑައަޅާފައިވާ ގޮތަށް ސިއްހީ އިންޝުއަރެންސް ދިނުމަކީ ދައުލަތަށް ފައިދާހުރި ގޮތް ކަމަށެވެ.

Advertisement

".. އާސަންދައިން ބޭރުގެ އަޅުގަނޑުމެން މި އިންޝުއަރެންސް ޕެކޭޖު ނެގީމާ ދިވެހި ދައުލަތަށް ވާނީ ހަރަދުކުޑަ،" ފަލާހު ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރެއްގެ އިންޝުއަރެންސަށް ދައުލަތުން ހަރަދުކުރަނީ އަހަރަކު 24،000ރ. ކަމަށެވެ. އެހެންކަމުން، އެ 24،000ރ. ގެ އިތުރުން އެއްވެސް މެންބަރެއްގެ ސިއްހީ ފަރުވާއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އާސަންދަ ނިޒާމު އޮތްގޮތުން، ބަލި މީހާގެ ހުރިހާ ހަރަދެއް ކުރަންޖެހެނީ ދައުލަތުގެ ފައިސާއިން ކަމަށް ފަލާހު ވިދާޅުވި އެވެ.

އޭގެ އިތުރުން، އާސަންދައާ ހިލާފަށް އެ އިންޝުއަރެންސްގެ ދަށުން ސިއްހީ ފަރުވާ ހޯދަން ބޭރުގެ ގައުމުތަކަށް ދިޔުމުގެ ހަރަދާއި ކެއުންބުއިމާއި ހުރުމުގެ ހަރަދު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ބޭސްފަރުވާއަށް ކުރާ ހަރަދު ވެސް ލިބެނީ ބޭސްފަރުވާ ކޮށްގެން ރާއްޖެއަށް އައިސް ބިލުތައް ހުށަހެޅީމާކަމަށް ފަލާހު ވިދާޅުވި އެވެ.

"މިހެން އޮތް ނިޒާމެއް މިއީ، ވަރަށް މޮޅު ނިޒާމަކަށް ހަދައިގެން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންނާ ދޭތެރޭގައި ފިތުނަފަސާފަ އުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހަގީގަތުގައި ވަރަށް ހިތާމަހުރި ކަމެއް،" ފަލާހު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަށް ސިއްހީ އިންޝުއަރެންސް ދިނުމަކީ ތަހުޒީބު ގައުމުތަކުގައި ކުރާ ކަމެއް ނޫންކަމަށް ޕެޓިޝަނުގައި ބުނެފައިވާއިރު، އެ ގައުމުތަކުގައި މަޖިލިސް މެންބަރުންގެ މުސާރައަށް ލިބެނީ ހަމައެކަނި 80،000ރ. ނޫންކަމަށް ފަލާހު ވިދާޅުވި އެވެ.

އެ ހުރިހާ ފާޑެއް ވިދާޅުވުމަށްފަހު، ވެސް ފަލާހު ވިދާޅުވީ އެ ޕެޓިޝަނަށް ތާއީދުކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox