ޕީއެންސީ އިންތިހާބުގައި ވެލިދޫ ދާއިރާގެ ވޯޓާސް ލިސްޓު އޮޅުވާލި ކަމަށް ބުނާ މައްސަލައެއް

އިއްޔެ ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު އެ ޕާޓީގެ އޮފިޝަލުން ހަރަކާތްތެރިވަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިއްޔެ ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު އެ ޕާޓީގެ އޮފިޝަލުން ހަރަކާތްތެރިވަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިއްޔެ ކުރިއަށްދިޔަ ވެރިކަން ކުރާ ޕީއެންސީ އެތެރޭގެ އިންތިހާބުގައި ވެލިދޫ ދާއިރާގެ ވޯޓާސް ލިސްޓު އޮޅުވާލި ކަމަށް ބުނެ، އެ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ޖަނާހު މުސްތަފާ މައްސަލަ ހުށަހަޅައިފި އެވެ.

އޭނާގެ ފޭސްބުކް ޕޭޖުން ކުރި ޕޯސްޓެއްގައި ބުނީ، ވޯޓާސް ލިސްޓަށް ގެނެސްފައިވާ ބަދަލަކީ ނަތީޖާ ބަދަލުވެދާނެ ފަދަ މައްސަލައެއް ކަމަށާއި އޭނާގެ ޓީމުން މިހާރު އެ މައްސަލަ ޕާޓީގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ވެލިދޫ ދާއިރާގެ، ނ. ވެލިދޫގައި ބެހެއްޓުނު ވޯޓު ފޮށީގައި ބޭނުން ކުރި ވޯޓާސް ލިސްޓުގައި، ރަސްމީކޮށް ޕާޓީގެ އިދާރާއިން، ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފަވާ ލިސްޓާއި އަޅާކިޔާއިރު 31 ފަރާތެއް ވަނީ އިތުރުކޮށްފަ،" ޖަނާހު ލިޔުއްވާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ޕީއެންސީން ވަނީ ބަލައިގަނެފަ އެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން އޭނާ އަދި އޭނާގެ ޓީމުން އިއުތިރާޒު ކުރާ ކަމަށްވެސް ޖަނާހު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

އިއްޔެ އިންތިހާބުގައި ވެލިދޫ ދާއިރާގެ އިތުރުން، ވޯޓުލުން ކުރިއަށް ދަނިކޮށް ތ. ކަނޑޫދޫ ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ފަޅާލައިގެން ވޯޓު ކަރުދާސްތައް ގެއަށް ގެންދިޔަ މައްސަލައެއްވެސް ފެންމަތިވި އެވެ.

އެ މައްސަލަ އިއްޔެ ހައްލު ކުރި ކަމަށް ރޭ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox