ތ. ކަނޑޫގައި ޕީއެންސީ ދެ ކެންޑިޑޭޓުން ހަމަނުޖެހުން ހިންގައި، ވޯޓު ފޮށި ފަޅާލައިގެން ކަރުދާސްތައް ގެއަށް ގެންގޮސްފި

ކަނޑޫދޫގައި ހިންގި ހަމަނުޖެހުން ފެންނަ ވީޑިއޯގެ ސްނެޕްޝޮޓެއް --

ކަނޑޫދޫގައި ހިންގި ހަމަނުޖެހުން ފެންނަ ވީޑިއޯގެ ސްނެޕްޝޮޓެއް --

ވެރިކަން ކުރާ ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ތ. ކަނޑޫދޫ ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ފަޅާލައިގެން ވޯޓު ކަރުދާސްތައް ގެއަށް ގެންގޮސްފި އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓެއް ކައިރިއަށް މީހަކު ގޮސް ކައިރިވާން މަސައްކަތް ކުރުމުން އިތުރު މީހަކު ގޮސް ބައްދާ ތަނެވެ. ދެ މީހުން ބައްދައިގަނެގެން އޮޅުލަމުން ގޮސް ބިންމައްޗަށް ވެއްޓޭ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.

އެކަމާ ގުޅިގެން ކަނޑޫދޫ ކައުންސިލުގެ ރައީސް، އަހުމަދު ރީހާންއަށް ގުޅުމުން ވިދާޅުވީ އެކަން ހިނގީ މެންދުރުފަހު 2:30 ހާއިރު ކަމަށެވެ. އަދި ހަމަނުޖެހުން ހިންގި ދެ ކެންޑިޑޭޓުންގެ ތެރެއިން އެކަކު ވޯޓު ފޮށި ފަޅާލައި ކަރުދާސްތައް އޭނާގެ ގެއަށް ގެންގޮސްފައިވާ ކަމަށް ވެސް ރީހާން ވިދާޅުވި އެވެ.

Advertisement

"ވޯޓާސް ލިސްޓަށް އައި ބަދަލަކާ ގުޅިގެން ދެ މީހުން ހިތްހަމަނުޖެހިގެން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ، ވޯޓު ފޮށި ފަޅާލާފައި އޮތީ ދެން ކަރުދާސްތައް އެތަނުން ކެންޑިޑޭޓެއް ގެންގޮސްފައިވީ،" ރީހާން ވިދާޅުވި އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށެވެ.

33500 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިންތިހާބުގައި 1984 މަގާމަކަށް އައްޔަނު ކުރާނެ އެވެ. މާލެ އާއި އަތޮޅުތެރޭގެ 88 ރަށެއްގައި ވޯޓުލުން ކުރިއަށޤ ގެންދިޔަ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރަން އަދި ނުފަށަ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ފުރަތަމަ ބާއްވަން ތާވަލު ކުރީ އޮކްޓޫބަރު 19، ގަ އެވެ. އޭގެފަހުން ނޮވެމްބަރު 9، އަކަށް އިންތިހާބު ފަސްކުރުމަށްފަހު، މިއަދަށް އިންތިހާބު އަނެއްކާވެސް ފަސް ކުރީ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު ނޮވެމްބަރު 13، ގައި އިއުލާނު ކުރިއިރު، ބައެއް ކެންޑިޑޭޓުންގެ ނަން އުނިކޮށް، ކުރިމަތި ނުލާ މީހުންގެ ނަން އިތުރު ކޮށްފައި ހުރުމުން ވަރަށް ބޮޑަށް މައްސަލަ ގޯސްވި އެވެ.

އެ ހިތްހަމަ ނުޖެހުމުގައި ބައެއް ކެންޑިޑޭޓުން އެމީހުންގެ ނަން ވެސް އަނބުރާ ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox