އޭސީސީގެ މުވައްޒަފުންގެ ކްލަބުގެ ނުވަ ލައްކައެއްހާ ރުފިޔާއަށް އެތަނުގެ އިސް އޮފިޝަލަކު ހިޔާނާތްތެރިވި މައްސަލައެއް ބަލަނީ

އޭސީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަދި މީޑިއާ އޮފިޝަލް ހަސަން މަނިކު: އޭސީސީގެ ނުވަ ލައްކައެއްހާ ރުފިޔާ ނަގައި ބޭނުން ކުރުމުގެ ތުހުމަތުގައި ވަނީ ސަސްޕެންޑުކޮށްފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު

އޭސީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަދި މީޑިއާ އޮފިޝަލް ހަސަން މަނިކު: އޭސީސީގެ ނުވަ ލައްކައެއްހާ ރުފިޔާ ނަގައި ބޭނުން ކުރުމުގެ ތުހުމަތުގައި ވަނީ ސަސްޕެންޑުކޮށްފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ ކްލަބުގެ ނުވަ ލައްކައެއްހާ ރުފިޔާއަށް އެތަނުގެ ޑެޕިއުޓީ ޑިރެކްޓަރު އަދި މީޑިއާ އޮފިޝަލް ހަސަން މަނިކު ހިޔާނާތްތެރިވި މައްސަލައެއް ބަލަން ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވުމުން ހަސަން ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އަދި ނޮވެމްބަރު 13، އިން ފެށިގެން އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެނގިފައިވެ އެވެ.

ހަސަންގެ މަނިކުގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރުން ފެށިގެން އޭސީސީގެ މުވައްޒަފުންގެ ކްލަބުގެ ފައިސާއިން ނުވަ ލައްކައެއްހާ ރުފިޔާ ނަގައި، އެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން އިންޓާނަލް އޮޑިޓެއް ވަނީ ފަށައިފަ އެވެ. އޭސީސީގެ ކްލަބުގެ ފަރާތުން އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން ފުލުހުން ވެސް އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން އޭސީސީގެ ބަހެއް ހޯދަން މި ނޫހުން ތަކުރާރުކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެ އެވެ.

އޭސީސީގައި 2007 އިން ފެށިގެން ވަޒީފާ އަދާކުރަމުންދާ ހަސަންމަނިކަކީ އެ ކޮމިޝަންގެ މެންބަރުންގެ ބިއުރޯގެ ހެޑެވެ. އޭނާ ވަނީ އައިޓީ ދާއިރާއިން ޑިޕްލޮމާ ވެސް ހާސިލު ކުރައްވައިފަ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޭސީސީގައި ވެސް ކޮރަޕްޝަންގެ މައްސަލަތަކެއް ހިނގަމުންދާއިރު، އެ ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ކޮރަޕްޝަންގެ މައްސަލަތައް އޮތީ ހުއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox